ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-B1/142/2021/49
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2021
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި:
17 މޭ 2021 00:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް މިސްކިތްތަކަށް ތަކެތި ގެންދަވާ ފަރާތްތަކުން އަމަލުކުރައްވަންވީ ގޮތުގެ އިރުޝާދު.
އިޢުލާން
1442 ވަނަ އަހަރުގެ ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް މިސްކިތްތަކަށް ތަކެތި ގެންދަވާ ފަރާތްތަކުން އަމަލުކުރައްވަންވީ ގޮތުގެ އިރުޝާދު.
1442 ވަނަ އަހަރުގެ ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް މިސްކިތްތަކަށް ތަކެތި ގެންދަވާ ފަރާތްތަކުން ތިރީގައި މިދަންނަވާގޮތަށް އަމަލު ކުރެއްވުމަށް ދަންނަވަމެވެ.
- މާލެ ސިޓީގެ (މާލެ،ހުޅުމާލެ،ވިލިމާލެ) މިސްކިތްތަކުގައި ރޯދަ ވީއްލުމަށް ބަހައްޓަވާ ތަކެތި ހުންނަންވާނީ އެކަކު އަތްލާ ތަކެތީގައި އަނެއް މީހާއަށް އަތްނުލެވޭ ގޮތަށް ކޮންމެ މީހަކަށް ވަކިވަކިން ބޭނުންކުރެވޭނެ ގޮތަށް ބަންދުކުރެވުން.
- ޖޫސް ފަދަ ތަކެތި ގެންދަވާނަމަ، ކޮންމެ މީހަކަށް ވަކިން ބޭނުންކުރެވޭނެ ގޮތަކަށް ޖޫސް ތައްޔާރުކުރައްވާފައި ބެހެއްޓެވުން.
- ރޯދަ ވީއްލުމުގެ ސުފުރާ ތައްޔާރު ކުރުމުގައި ގައިދުރުކޮށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސެވުން.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޝަޢުބާން 1442
08 އެޕްރީލް 2021
08 އެޕްރީލް 2021