ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2021/87
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2021
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 22 އެޕްރީލް 2021 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް ބޭނުންވާ އެގްޒެކްޓިވް މޭޒާއި އެގްޒެކްޓިވް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

މެޖިސްޓްރޭޓް ކޯޓު ތަކަށް ބޭނުންވާ އެގްޒެކްޓިވް މޭޒާއި އެގްޒެކްޓިވް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198F/2021/69 (24 މާރޗް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ތަކެތީގެ ތަފްސީލް

އަދަދު

އެގްޒެކްޓިވް މޭޒު  

17

އެގްޒެކްޓިވް ޗެއަރ  

17

 

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. 

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 18 އެޕްރީލް 2021 ވަނަދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު 22 އެޕްރީލް 2021 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޝަޢުބާން   1442

08 އެޕްރީލް 2021