ޢާންމު މަޢުލޫމާތު
ނަންބަރު: 2021/011
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2021
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 10 އޭޕްރިލް 2021 16:00
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރަމަޞާން ކްރިކެޓް ކާނިވަލްގައި ބައިވެރިވުމަށް އެދޭ މުއްދަތު އިތުރުކުރުން

ރަމަޞާން މަހުގެ ދެވަނަ ދުވަހު ފަށާގޮތަށް، މި ބޯޑާއި މާލެ ސްޕޯޓްސް ކްލަބާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އަނެއްކާވެސް 10 އޭޕްރީލް 2021 ވާ ހޮނިހިރު ދުވަހުގެ 16:00 އާއި ހަމައަށް މުއްދަތު މުއްދަތު އިތުރުކުރެވިފައެވެ.

އެހެން އަހަރު ތަކެކޭވެސް  އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެއެވެ. 

  • އޮފީސް ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 8 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1500.00 ރުފިޔާއެވެ.
  • އޯޕަން ޓޭޕް ބޯލް މުބާރާތުގައި ބައިވެވެވޭނީ 12 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1000.00 ރުފިޔާއެވެ.
  • ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 5000.00 ރުފިޔާއެވެ.

 

މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް  10 ޓީޝާޓާއި، ޓްރެކްޕޭންޓް ދެވޭނެއެވެ.  

ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ތިންޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

06 އޭޕްރިލް 2021