ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/67 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-43-21) PSM-TVM Pro /2021/55 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނިން އުފައްދާ ޕްރޮގްރާމަށް ބޭނުންވާ ލަވަތައް ތައްޔާރުކޮށް ހުށަހަޅައިދޭނެ ތަފާތު 05 (ފަހެއް) ފަންނާނުން ހޯދަން ބޭނުންވާތީ އެކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 08 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
- މިކަމަށް ކުރިމަތިލާ ކޮންމެ ފަންނާނެއްވެސް ލަވަ ހުށަހަޅައިދޭންވާނީ ލައިވް މިއުޒިކް ބޭންޑަކާއި އެކުގައެވެ.
- މިއުޒިކް ބޭންޑް ހަމަޖެއްސުމަކީ ކުރިމަތިލާ ފަންނާނެއްގެ ޒިންމާއެކެވެ.
- ކޮންމެ ފަންނާނަކު 05 ލަވަ ޕާރފޯމް ކުރަންވާނެއެވެ.
- ކޮންމެ ޕްރޮގްރާމެއް (އެޕިސޯޑެއްގެ) ލަވަތައް ކޮމްޕޯސްކޮށް، ސައުންޑް އަދި ފައިނަލް މިކްސިންގ ހެދުމަކީ އެ އެޕިސޯޑްގައި ޕާރފޯމްކުރާ ފަންނާނުގެ ޒިންމާއެކެވެ.
- ޕްރޮގްރާމްގެ ލަވަތައް ކޮމްޕޯސްކުރަންވާނީ ކުރީގެ ދިވެހި އޮރިޖިނަލްލަވަތަކާއި އެއްގޮތަށް އަދި ލައިވްކޮށް ޕާރފޯމްކޮށްގެންނެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު
|
1 |
ޕްރޮޕޯސަލް ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު: ޕްރޮޕޯސަލް ހުށަހަޅާ މަރުޙަލާގައި، އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ. |
1- ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)
2- ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ: 3- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ: 4- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ
5- އައިޑީ ކާޑް ކޮޕީ / ވަނަވަރަރު 6- ޖީ އެސް ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ |
|
2 |
ޕޮއިންޓް ދެވޭނެގޮތް |
1- އަގަށް: 70 ޕޮއިންޓް 2- ކަމާގުޅުންހުރި ތަޖްރިބާ: 20 ޕޮއިންޓް 3- ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް: 10 ޕޮއިންޓް |
|
3 |
ސުންގަޑި |
08 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރޭޑިއޯ ބިލްޑިންގ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. |
|
4 |
ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން |
ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ. އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ނުހޮވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 5 ދުވަހުގެ ފުރުޞަތެއް ދެވޭނެއެވެ. މި 5 ދުވަސްފަހުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާނަމަ އެވޯޑްވި ފަރާތާ، ޕީއެސްއެމްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ. |
|
5 |
ޕްރޮޕޯސަލްބަލައި ގަތުން: |
|
ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
23 ޝަޢުބާން 1442
05 އޭޕްރީލް 2021