ދިވެހިރާއްޖެ
އިޢްލާން
ގަވާއިދު ނަންބަރު: R-115/2020 (ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު: ފްރައިޓް ފޯވަރޑިންގްގެ ޚިދުމަތްތައް)ގެ ދަށުން ވިޔަފާރި ހަރަކާތް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާބެހޭ
ގަވާއިދު ނަންބަރު: R-115/2020 (ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު: ފްރައިޓް ފޯވަރޑިންގްގެ ޚިދުމަތްތައް)ގެ ދަށުން 5 އޭޕްރިލް 2021 ގެ ނިޔަލަށް ފްރެއިޓް ފޯވަޑިންގްގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ލިސްޓު މިއިޢްލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިޢުކޮށްފައިވާނެއެވެ. އަދި މި ލިސްޓު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.
ވީމާ، އިސްވެދެންނެވުނު ގަވާއިދުގެ ދަށުން ރަޖިސްޓްރީނުކޮށް އެއްވެސް ފަރާތަކުން ފްރެއިޓް ފޯވަޑިންގް ގެ ޙިދުމަތް ފޯރުކޮށްދެމުން ގެންދާނަމަ މި ގަވައިދުގެ 11 ވަނަ މާއްދާގެ ދަށުން 1,000 (އެއްހާސް) ރުފިޔާ އާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.