ދިވެހިރާއްޖެ
`
ކަނޑިތީމުން ދިރިއުޅުމަށް ގޯތިދޫކުރާނެގޮތުގެ އުޞޫލު
| 
 ތަޢާރުފާއި ނަން  | 
 1.  | 
 ހ  | 
 މިއީ ޤާނޫނު ނަމްބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)152 ވަނަ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން " ކަނޑިތީމުން ދިރިއުޅުމަށް ގޯތިދޫކުރުމަށް އެކުލަވާލެވިފައިވާ އުޞޫލުކެވެ.  | 
||||||||||||||||
| 
 
  | 
 ށ  | 
 މިއުޞޫލަށް ކިޔާނީ " ކަނޑިތީމުން ދިރިއުޅަށް ގޯތިދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު " މިހެންނެވެ.  | 
|||||||||||||||||
| 
 އުޞޫލްހިންގާ ތަންފީޒް ކުރާ ފަރާތް  | 
 2.  | 
 
  | 
 މިއުޞޫލު ހިންގާ ތަންފީޒު ކުރުމުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނީ ގެވަޅުދޫކުރުމަށް ކައުންސިލުން އެކުލަވާލައިވާ ކޮމެޓީގެ މަޝްވަރާގެ މަތީން މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ.  | 
||||||||||||||||
| 
 މަޤްސަދު  | 
 3.  | 
 ހ  | 
 މިއީ ކަނޑިތީމުގައި ދިރިއުޅުމަށްޓަކައި ބަންޑާރަގޯތިދޫކުރުމުގައި ރަށުގެ ހުރިހާ ފަރާތްތަކަށްވެސް ކަނޑައެޅޭ އުޞޫލުގެ ތެރެއިން ހަމަހަމަކަމާއި މިނިސްޓްރީއޮފް ޕްލޭނިންގ ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގޯތިދޫކުރުމަށް އެކަށައަޅާފައިވާ ގައިޑްލައިންއާއިއެއްގޮތަށް ގޯތިދޫކުރުމުގެ މަޤްސަދުގައި އެކުލަވާލައިފައިވާ އުޞޫލެކެވެ.  | 
||||||||||||||||
| 
 ޢަމަލުކުރަންފަށާ ތާރީޙް  | 
 4.  | 
 ހ  | 
 މިއުޞޫލަށް ޢަމަލުކުރަންފަށާނީ މިއުޞޫލް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިން ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.  | 
||||||||||||||||
| 
 
  | 
 ށ  | 
 މިއުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން ކަނޑިތީމުން ދިރިއުޅުމަށްޓަކައި ގެވަޅުދޫކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަންވާނެއެވެ.  | 
|||||||||||||||||
| 
 ގެވަޅުކޮމެޓީމެމްބަރުންގެ އަދަދު ، ކޮމެޓީއަށް މީހުން އައްޔަންކުރުން  | 
 5.  | 
 
 ހ  | 
 ގެވަޅު ކޮމެޓީގައި ޖުމްލަ ތިބޭނީ 7 ( ހަތެއް ) މީހުންނެވެ. ކޮމެޓީގެ ކޯރަމްހަމަވާނީ ކޮމެޓީ މެމްބަރުންގެ ތެރެއިން 04 މެންބަރުން ޖަލްސާއަށް ޙާޒިރުވުމުންނެވެ.  | 
||||||||||||||||
| 
 
  | 
 
 ށ  | 
 ކައުންސިލުން އެކުލަވާލާ ގެވަޅު ކޮމެޓީގައި ސަރުކާރު މުއައްސަސާތަކުންނާއި ރަށުގައި ރަޖިސްޓްރީވެގެން ހިންގާ ކުލަބް ، ޖަމްއިއްޔާ އަދި އާއްމުންގެ ތެރެއިން މީހުން ހިމަނަންވާނެއެވެ. 
  | 
|||||||||||||||||
| 
 ދޫކުރާ ގެވަޅުގެ އަދަދާއި ބޮޑުމިން  | 
 6.  | 
 ހ  | 
 ދިރިއުޅުމަށްޓަކައި ރަށުން ދޫކުރާނެ ގެވަޅުގެ އަދަދު ކަނޑައަޅާނީ ގެވަޅުބޭނުންވާ މީހުން ދެނެގަތުމަށްފަހު ކައުންސިލުންނެވެ.  | 
||||||||||||||||
| 
 
  | 
 ށ  | 
 ދިރިއުޅުމަށްޓަކައި ދޫކުރާ ގެވަޅުގެ ބޮޑުމިނަކީ 50*60 ފޫޓް ( 3000 ) އަކަފޫޓުގެ ބިމެވެ.  | 
|||||||||||||||||
| 
 ގެވަޅު ދޫކުރާނެ ސަރަހައްދު ކަނޑައެޅުން  | 
 7.  | 
 ހ  | 
 ދިރިއުޅުމަށް ގެވަޅު ބޭނުންވާ ފަރާތްތައް ދެނެގަތުމަށްފަހު ގެވަޅު ދޫކުރާނެ ސަރަހައްދު ކަނޑައަޅާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ.  | 
||||||||||||||||
| 
 
  | 
 ށ  | 
 ގެވަޅުދޫކުރާ ބުލޮކެއްގައި ގިނަވެގެން 10 ގޯތި އަދި މަދުވެގެން 04 ގޯތީގެ ބުލޮކް ހުންނަށްވާނެއެވެ.  | 
|||||||||||||||||
| 
 
  | 
 ނ  | 
 ގޯތިދޭ ސަރަހައްދުގައި ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ މިންތަކަށް މަގުތަކާއި ގޯޅިތައް ކަނޑައަޅަންވާއެވެ. އަދި މަގުތަކާއި ގޯޅިތަކުގެ މިންތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.  | 
|||||||||||||||||
| 
 ބަންޑާރަ ގޯއްޗަށްއެދުން  | 
 8.  | 
 ހ  | 
 ދިރިއުޅުމަށްޓަކައި ގެވަޅުބޭނުންވާ ފަރާތްތަކުން ގެވަޅަށް އެދެވޭނީ ގެވަޅުދޫކުރުމަށް ކައުންސިލުން އިޢުލާންކުރުމުން ނެވެ. އިޢުލާންގައި ތިރީގައިމިވާ ބައިތައް ހިމަނަންވާނެއެވެ. 
  | 
||||||||||||||||
| 
 ބަންޑާރަގޯއްޗަށް އެދޭމީހުންނަށް ޕޮއިންޓް ދޭނެގޮތް  | 
 9.  | 
 
 
 ހ 
 
 
  | 
 
 
 
  | 
||||||||||||||||
| 
 
  | 
 ށ  | 
 މިމާއްދާގެ ( ހ ) ގެ ނަމްބަރު 03 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯއްޗަށް އިއުލާން ކުރާ ތާރީހަށެވެ.  | 
|||||||||||||||||
| 
 
  | 
 ނ  | 
 މިމާއްދާގެ ( ހ ) ގެ ނަމްބަރ 04 ގެ ( ށ ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނި ޖުމަލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނި ގޯއްޗައް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބިދަރިންނަށެވެ. ( މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭމީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)  | 
|||||||||||||||||
| 
 
  | 
 ރ  | 
 މިމާއްދާގެ (ހ) ގެ ނަމްބަރ 05 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.  | 
|||||||||||||||||
| 
 
  | 
 ބ  | 
 މިމާއްދާގެ (ހ) ގެ ނަމްބަރ 05 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކު ބަލަމުންދާނަމައެވެ.  | 
|||||||||||||||||
| 
 
  | 
 ޅ  | 
 ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އިއުލާންކުރާ ތާރީށެވެ.  | 
|||||||||||||||||
| 
 
  | 
 ކ  | 
 މިއުޞޫލުގެ 09 ވަނަ މާއްދާއަށް އިސްލާހެއްގެންނަން ބޭނުންވެއްޖެ ހާލަތެއްގައި އެ އިސްލާހެއް ގެނައުމުގެ އިޙްތިޔާރު ކަނޑިތީމު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ގެނެވޭ އިސްލާހެއް ގޯއްޗަށް އެދި ހުށަހެޅުމަށް އިއުލާން ކުރުމުގެ ކުރިން ގެންނަންވާނެއެވެ.  | 
|||||||||||||||||
| 
 ގޯތިލިބޭގޮތް  | 
 10.  | 
 ހ  | 
 ގޯތިލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓްލިބިފައިވާ މީހުންތިބިނަމަ އޭގެތެރެއިން ގޯތިލިބޭމީހުން ކަނޑައަޅާނީ ޕޮއިންޓުން އެއްވަރުވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތަކުންނެވެ.  | 
||||||||||||||||
| 
 
  | 
 ށ  | 
 ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ދެމަފިރިން ކަމުގައިވެފައި، ދެމީހުންނަންވެސް ގޯތި ލިބޭކަމުގައިވިޔަސް ގޯތި ލިބޭނީ ދެމަފިރިންކުރެ ކޮންމެވެސް އެކަކަށެވެ. މިގޮތުން ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ.  | 
|||||||||||||||||
| 
 މި އުޞޫލަށް ބަދަލު ގެނައުން. 
  | 
 11  | 
 ހ  | 
 މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެންނެވެ.  | 
||||||||||||||||
| 
 
  | 
 ށ  | 
 މި އުޞޫލާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރެއިން ކައުންސިލްގެ ނިންމުމަކުން ތަންފީޒްކުރަން ޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ މަސްވަރާގެ މަތީން އެފަދަ މައްސަލައެއް ނިމެންދެން ވަގުތީ އަމުރު ހިންގުމުގެ ބާރު ކައުންސިލް ހިންގުމާއި ހަވަލުވެ ހުންނެވި ވެރިއަކަށް ލިބިގެންވެއެވެ. އަދި މިފަދަ އަމުރުތައް ތަންފީޒްކުރަންޖެހޭނީ ލިޔެކިޔުމުން ފެންނަގޮތަށެވެ.  | 
|||||||||||||||||
| 
 
  | 
 ނ  | 
 މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގެ މުއްދަތު އެންމެ ގިނަވެ ގެން ދެމި އޮންނާނީ 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. އަދި 30 (ތިރީސް)ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޔާއަތް ކުރެވިފައިވާ މައްސަލައަށް ކައުންސިލުން ވަކިގޮތެއް ނިންމަންވާނެއެވެ.  | 
|||||||||||||||||
| 
 މާނަކުރުން  | 
 12  | 
 ހ  | 
 "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާ އަށެވެ.  |