ދިވެހިރާއްޖެ
ވިޔަފާރި ބިންތައް ދޫކުރުމާއި ބެހޭ.
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
| 
 ތަފްސީލް  | 
 ބިމުގެ އަދަދު  | 
 ބިމުގެ ބޮޑުމިން  | 
| 
 (1) ތެލާއި އައިސްގެ ވިޔަފާރި  | 
 03  | 
 2000 އަކަފޫޓު  | 
| 
 (2) ސައިހޮޓާ ނުވަތަ ރީޓެއިލް ވިޔަފާރި  | 
 04  | 
 1500 އަކަފޫޓު  | 
މާކުސް ދެވޭ މިންގަނޑު:
| 
 #  | 
 ތަފްސީލް  | 
 މާކުސް  | 
| 
 1  | 
 އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް. މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ.  | 
 40  | 
| 
 2  | 
 ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.  | 
 20  | 
| 
 3  | 
 އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.  | 
 10  | 
| 
 4  | 
 - ތެޔޮ ނުވަތަ އައިސް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖްރިބާގެ މުއްދަތަށް (10މާކުސް) - ސައިހޮޓާ ރެސްޓޯރެންޓް އަދި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ. 
  | 
 10  | 
| 
 5  | 
 ޕްރޮޖަކްޓަށް ޚަރަދު ކުރުމަށް ރާވާފައިވާ ފައިސާގެ މިންވަރަށާއި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވާ މުއްދަތު. މިގޮތުން މިކަން ޔަގީންކުރުމަށްޓަކައި އެކުންފުނީގެ ނުވަތަ އެފަރާތެއްގެ 1 އަހަރު ދުވަހު ބެންކް ސްޓޭޓްމަންޓް، ނުވަތަ އެފަދަ ލިޔުންތައް ހުށަހެޅުން  | 
 10  | 
| 
 6  | 
 ޕްރޮޖަކްޓު ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތް ދޭން ހުށަހަޅާ އަވަސް މުއްދަތަށް  | 
 10  | 
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޭޕްރީލް 2021 ވާ ހޯމަ ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ބިމަކަށް ވަކިންނެވެ.
އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް
- ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ،9992078،6820020 އަށް ގުޅުއްވުން އެދެމެވެ.
18 ޝައުބާން 1442
31 މާޗް 2021