ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2021/68
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 1431
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަރކް ޕަރމިޓް ދޫކުރުމާ ގުޅޭ
ވަރކް ޕަރމިޓް ދޫކުރުމާ ގުޅޭ
ވަރކް ޕަރމިޓް ހޯދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި، އިނގިރޭސި ބަސް ނޫން އެހެން ބަހަކުންއޮތް ތައުލީމީ ނުވަތަ އެހެންވެސް ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ނަމަ، އެ ފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް، މިއަދުން ފެށިގެން ބަލައިގަނެވޭނީ، އެ ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ދޫކޮށްފައިވާ މަރުކަޒަކުން އެ ސެޓްފިކެޓް ނުވަތަ ލިޔުމުގެ އިނގިރޭސި ތަރުޖަމާ (އަސްލާއެއްގޮތްކަމަށް ބަޔާންކޮށް)، ހުށަހެޅުމުން ކަމުގައި ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
2021-03-30