| 
 މަޤާމް 
 | 
 ސަޕޯރޓް ސަރވިސް އޮފިސަރ    
 | 
 ބޭނުންވާ ޢަދަދު 
 | 
 1 
 | 
| 
 މުސާރަ 
 | 
 6500.00 ރުފިޔާ 
 | 
| 
 އެލަވަންސް 
 | 
 އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް 
 | 
| 
 އޮފީސް 
 | 
 ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އައްޑޫ ސިޓީ ) 
 | 
| 
 ޑިޕާރޓްމަންޓް 
 | 
 ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އައްޑޫ އޮފީސް   
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން 
 | 
 އެސިސްޓަންޓް އޮފިސަރ 
 | 
| 
 މަޤާމުގެ ޝަރުތުތައް 
 | 
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.
 
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
 
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުން
 
 
  
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- ފުޓްބޯޅަ އެސޯސިއޭޝަންގެ އައްޑޫ އޮފީސް މެއިންޓަނަންސް މަސައްކަތްތައްކުރުން
 
- ޓާރފް ދަނޑު ތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުން
 
- ޢިމާރާތް ސާފުކޮށް ބެލެހެއްޓުމުގައި ފާރުތަކުގައި ހަޑިވާތަންތަން ކުލަލާ ބެލެހެއްޓުމާއި، މަގުމަތީ ފާރުތަކުގައާއި ގޭޓްތަކާއި ލައިޓްޕޯސްޓް ތަކުގައި ހަޑިވާތަންތަން ދަވާދުލާ ކުލަލާ ބެލެހެއްޓުން.
 
- ޢިމާރާތުގައި ކޮންޓްރެކްޓް އުޞޫލުން ކުރެވޭ މަސައްކަތް ޤަވާއިދުން ބަލަހައްޓާ އެފަރާތްތަކަށް އޮފީހުން ދޭންޖެހޭ ޚިދުމަތް ދިނުން.
 
- މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
 
- ސިއްރުތަކަށް ރައްކާތެރިވުމާއި، އިދާރީ އެއްވެސް މަޢުލޫމާތެއް ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
 
- އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
 
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު އަދި އިސްވެރިން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
 
- އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
 
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި 
 | 
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
 | 
| 
 ނޯޓް 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 08:00 އިން15:00  އަށެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚް 
 | 
 11 އޭޕްރިލް 2021 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ފޮނުވުން އެދެމެވެ. އީމެއިލް ބަލައިގަނެވޭނެއެވެ. އީމެއިލް: [email protected] 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9500107,9990080 ނަންބަރު ފޯނާއެވެ. 
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ. 
 |