ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2021/54
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 05 އޭޕްރިލް 2021 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

-/10,500ރ އާއި -/20،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 

ދާއިރާގެ މައިގަޑު މަސައްކަތް:

1. ދާއިރާގެ ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްވާނޭހެން އައި.ޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން

2. ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ޓީމްއާއި އެކު މިހާރު ބޭނުން ކުރަމުންދާ ސޮފްޓްވެއަރތައް ދިރާސާކޮށް، ހުރި ދަތިތައް ދެނެގަނެ އެކަމަށް ހައްލު ފޯރުކޮއްދީ ކުންފުނީގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރުން

3. އައި.ޓީ ޕްލޭންގައިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް އަދި ބަޖެޓްގެ ތެރެއިން ކޮށްނިންމުން

4. ސޮފްޓްވެއަރތަކާއި ގުޅުންހުރި ޓްރެއިނިންގތައް ރާވާ ހިންގުމުގެ މަސައްކަތް

5. ސޮފްޓްވެއަރގެ ބޭނުން އެންމެ ފުރިހަމަގޮތުގައިހިފުމަށް ސޮފްޓްވެއަރއާއި ގުޅޭ ޑާޓާބޭސް އަދި އެހެނިހެން ހިދުމަތްތައް ބަލާ ދެމެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

05 އޭޕްރީލް 2021  ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 05 އޭޕްރީލް 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • .ނެޓް، ޕީ.އެޗް.ޕީ، ޖާވާ ސްކްރިޕްޓް، ސީ.އެސް.އެސް ފްރޭމްވޯރކްސް، މައިކްރޮސޮފްޓް ވިޝުއަލް ސްޓޫޑިޔޯ ވަރޝަންސް، އެންޓިޓީ ފްރޭމްވޯރކް، މޮޑެލް ވިއު ކޮންޓްރޯލަރ (އެމް.ވީ.ސީ) ޕެޓަރން ފަދަ ވެބް އެޕްލިކޭޝަން ފްރޭމްވޯރކްސްގައި މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް ފަރާތެއް އައްޔަންކުރުމުގައި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ދާއިރާއަށް ޝައުގުވެރިވާ، އިތުރަށް ދިރާސާކޮށް މަސައްކަތް ދެނެގަނެ އަދި މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމުގެ ގާބިލްކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  • މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

           15 ޝައުބާން 1442 

            28 މާރިޗު   2021

28 މާރިޗު 2021