ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-AB/38/2021/120
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 18:07
ސުންގަޑި: 28 މާރިޗު 2021 14:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުން

 

ނަންބަރު:(IUL)38-AB/38/2021/120

 ވަޒީފާގެ ފުރުޞަތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)38-AB/38/2021/110 (17 މާރިޗު 2021) އިޢުލާނަށް ތިރީގައި މިވާ އިދާރާތަކަށް ބޭނުންވާ އަދަދަށް މެންބަރުން ލިބިފައިނުވާތީ، އަލުން އެ މަޤާމުތަކަށް އިޢުލާނުކުރުން.

ބޭނުންވާ އިދާރާ / އަދަދު:

-ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް 1 (އެކެއް) މެންބަރު

-ފުވައްމުލަކު ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ   1 (އެކެއް) މެންބަރު

-ހއ. އަތޮޅު ކޮމްޕްލެއިމްޓްސް ބިއުރޯއަށް  1 (އެކެއް) މެންބަރު

-ހދ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ    2 (ދޭއް) މެންބަރުން

-ރ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ     3 (ތިން) މެންބަރުން

-ބ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ     2 (ދޭއް) މެންބަރުން

-ޅ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ    3 (ތިން) މެންބަރުން

-އދ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ   1 (އެކެއް) މެންބަރު

-ތ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ    2 (ދޭއް) މެންބަރުން

-ލ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ    1 (އެކެއް) މެންބަރު

-ގއ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ   3 (ތިން) މެންބަރުން

-ގދ. އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ  1 (އެކެއް) މެންބަރު

މަސައްކަތް ކުރަންޖެހޭ ތަން:

ކޮންމެ އަތޮޅެއްގެ، އަތޮޅު ކައުންސިލް އިދާރާ

އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާ

އުޖޫރަ:

އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ ވެރިޔާއަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ)

އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރަކަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ (ދުއިސައްތަ ރުފިޔާ)

މުއްދަތު:

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު  2020 ގެ ވޯޓުލުން އޮންނަ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި 7 (ހަތެއް) ދުވަސް ވަންދެން. (ޖުމްލަ 17 ދުވަސް) މިމުއްދަތުގެ ފަހުންވެސް އިންތިޚާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރަންޖެހޭނަމަ، މުއްދަތު އިތުރުކުރާ ގޮތަށް.

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ ކަމާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ދާއިރާއަކުން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

އެހެނިހެން ޝަރުޠު

  1.  ޢުމުރުން 18 އަހަރު ފުރިފައިވުން.
  2.  އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން ޢައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން ނުވަތަ ސިޔާސީ ޙަރަކާތްތަކުގައި އިސްރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  3.  އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.
  4.  އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން. (ޢާއިލީ މެންބަރެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް).
  5.  ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

-ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-އަތޮޅު/ ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު.

-ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

-އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އިޢުލާނުގައި ހުށަހަޅަން ބަޔާންކޮށްފައިވާ ލިޔުންތައް އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުން އަދި އިލެކްޝަންސް ކޮމިޝަންގެ އީމެއިލް ([email protected]) އިން ބަލައިގަންނާނެއެވެ. (މެއިލް އާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.) އަދި ރަށެއްގެ ނަމަ ރަށު ކައުންސިލް އިދާރާއަށް، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ވެސް ބަލައިގަންނާނެއެވެ.

އިތުރު މަޢުލޫމާތު

-ނަންބަރު (IUL)38-AB/38/2021/110 އިއުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އިތުރު ލިޔެކިޔުންތައް ހުށަހެޅުން ފިޔަވައި، އަލުން މިމަގާމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

-މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު  ފޯނުމެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ދެންނެވީމެވެ.

-އަތޮޅު، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި، ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއިން، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

-މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

-މި އިޢުލާނުގައިވާ މަސައްކަތްތައް ހިނގަމުންދާ ދުވަސްވަރު، މަސައްކަތަށް ހޮވިފައިވާ ފަރާތްތަކުން މަސައްކަތް ދޫކޮށްލައިފިނަމަ، މި އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަކަށް އެ މަސައްކަތް ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނެއެވެ.

 މީހުން ހޮވުމުގައި ބަލާ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމު

40

މަސައްކަތު ތަޖުރިބާ

35

އިންޓަރވިއު

25

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް

- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްސް އަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

25 މާރިޗު 2021