މަސައްކަތް
ނަންބަރު: 480/IUL/2021/09
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 01 އޭޕްރިލް 2021 11:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ކޯޕަރޭޓް އައިޑެންޓިޓީ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

       ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ކޯޕަރޭޓް އައިޑެންޓިޓީ ޑިޒައިންކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

       ވީމާ މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 މާރިޗު 2021 ގެ 11:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 1  އެޕްރީލް 2021 ގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

       މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީ-މެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

24 މާރިޗު 2021