ގަންނަން ބޭނުންވާ ތަކެތި
                	
                ނަންބަރު: (IUL)227-ID/227/2021/6
                    ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2021
                    ޕަބްލިޝްކުރި ގަޑި:  11:41
                                            ސުންގަޑި: 
                            01 އެޕްރީލް 2021 11:00
                        
                    
                މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދިނުމުގެ މަސައްކަތް
                                ބީލަން ހުށައެޅުމުގެ ދަޢުވަތު
| 
 ޕްރޮޖެކްޓް ނަންބަރު:  | 
 PC-227/2021/G-06  | 
 އިޢުލާން ނަންބަރު:  | 
 (IUL)227-ID/227/2021/6  | 
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް "އަތޮޅުވެހި" އިމާރާތަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
 - މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)ގައި ޑައުންލޯޑްސްގެ ގެދަށުން ފޯރުކޮށްދީފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2021 މާރޗް 29ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް މެއިލްކުރެއްވުމުން ރެޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
 - މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021 މާރޗް 30ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2021 މާރޗް 31 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
 - މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)އިން 2021 މާރޗް 23 ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
 - ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2021 އޭޕްރިލް 01ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
 - ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540463
އީމެއިލް: [email protected]
ކޮޕީ: [email protected]
                23 މާރިޗު 2021