ދިވެހިރާއްޖެ
އޮލިމްޕަހުގެ މަރާމާތުތަކެއް ކުރުމަށް މި ސެންޓަރުން ކޮށްފައިވާ ނަންބަރު (IUL)177/1/2021/5 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ ލިޔެކިޔުންތައް ފުރިހަމަނުވާތީ، އެ ޢިއުލާން ބާތިލް ކުރުމަށްފަހު އަލުން އެން.ސީ.އޭ އިން ދޭ މަޢުލޫމާތާ އެއްގޮތަށް އޮލިމްޕަހުގައި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މަސައްކަތް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ބުރާސްފަތި |
25 މާރިޗް 2021 |
11:30 |
|
އަންދާސީ ހިސާބު ހުށަހެޅުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ހޯމަ |
05 އޭޕްރީލް 2021 |
11:30 |
ނޯޓް: އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.