ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫގައި 2005 ވަނައަހަރު މި މިނިސްޓްރީން ހިންގި ސަޕޯރޓް އިންފުރާސްޓްރަކްޗަރފޯރ ދަ ފިޝަރީޒް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ 50 ޓަނުގެ އައިސްޕްލާންޓު 50 ޓަނުގެ ސްޓޯރޭޖު ފެސިލިޓީ އާއި އެކު މިމިނިސްޓްރީން ވިއްކާލަން ބޭނުންވެއެވެ. މި ޕްލާންޓާއި ބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއި އެކު އެއްއުރަކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
މި އައިސްޕްލާންޓްގެ އިތުރުމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 24 މާރިޗް 2021 ވާ ބުދަ ދުވަހު އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ބައްދަލުވުމުގައި މި އައިސްޕްލާންޓާއި ގުޅޭ އިތުރު މަޢުލޫމާތާއި، އަދި މި އައިސްޕްލާންޓު ބަލަންބޭނުންވާ ފަރާތްތަކަށް އެއިންތިޒާމް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ވީމާ، ކޮޅުމަޑުލު ގުރައިދޫ އައިސްޕުލާންޓު ގަންނަން ޝަޢުގުވެރިވާ ފަރާތްތަކުން 12 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެކުރިން މި މިނިސްޓްރީއަށް ޕްރަޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިފްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތުގެ ތަފްޞީލު އަދި ޕްރޮޕޯސަލް ވަޒަންކުރުމުގައި ބަލާނެ މިންގަނޑު މި އިޢުލާނާއި އެއްއުރަކޮށްފައިވާނެއެވެ. މިއައިސްޕްލާންޓު ވިއްކާލުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ 5,113,929.21ރ (ފަސްމިލިއަން އެއްލައްކަ ތޭރަހާސް ނުވަސަތޭކަ އޮނަތިރީސް ރުފިޔާ އެކާވީސް ލާރި) ކަމުގައި ދެންނެވީމެވެ. އައިސްޕްލާންޓް ގަންނަ ފަރާތުން ހަމަޖެހިފައިވާ އުޞޫލުން އައިސްޕްލާންޓް ބިމުގެ ކުލި، ތ. ގުރައިދޫ ކައުންސިލަށް ދައްކަންޖެހޭނެއެވެ.
ކޮޅުމަޑުލު ގުރައިދޫ އައިސްޕްލާންޓް ގަތުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަންތައްތައް
|
# |
ކްރައިޓީރިއާ |
މާކްސް |
|
1 |
އައިސްޕްލާންޓް ގަތުމަށް ހުށަހަޅާ އަގު |
70% |
|
2 |
އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް ހުށަހަޅާ މުއްދަތު |
25% |
|
3 |
ތ. ގުރައިދޫގައި އައިސްޕްލާންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ މުއްދަތު (އަހަރު ދުވަހުން) |
5% |