ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2021/20
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 22 މާރިޗު 2021 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސަށް އަލަށް ލެއްވޭ އޮފިސަރުންނާ ބެހޭ

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2020/44 އަދި (IUL)14-E1/1/2020/45 (27 ޑިސެންބަރު 2020) އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިއުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން އަދި ސަޕޯޓް ސަރވިސް އޮފިސަރުންގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv)ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަދެންނެވީމެވެ. އަދި ދަންނަވަމެވެ. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން %50 އަށް ވުރެ މަތިން މާރކްސް ލިބިގެން އިމްތިޙާނަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިމްތިޙާނާއި، ސަޕޯޓް ސަރވިސް އޮފިސަރުންގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އިންޓަވިއު ބާއްވާނެ ތާރީޚާއި ތަންތަނުގެ މައުލޫމާތު ފަހުން އިއުލާންކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 މިހާރު ޢާއްމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަމްބަރު، ގުޅޭނޭ ނަމްބަރު އަދި ކުރިމަތިލީ މަގާމު އެނގޭނޭހެން އީމެއިލްކުރެއްވުން އެދެމެވެ. އީމެއިލް ފޮނުވުމުގެ ސުންގަޑިއަކީ 2021 މާރިޗު 22 ވަނަ ދުވަހުގެ 1400 އެވެ.

15 މާރިޗު 2021