ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/38 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-25-21) PSM-TVM Pro /2021/15 |
އިޢުލާން
ކޯޓޭޝަން ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނިން ދޭ ނަމޫނާ އާ އެއްގޮތަށް 2 ސޯފާ ގޮނޑި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ.
ސޯފާ ގޮނޑި ތައްޔާރުކުރުމާ ބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
1- ސޯފާ ގޮނޑި 1
- 3 ސީޓްގެ ސޯފާއެއް އަމިއްލަ ތަކެތީގައި ތައްޔާރުކުރުން ނަމޫނާއާއި އެއްގޮތަށް ނުވަތަ އެއާ އެއްވައްތަރަށް (ނަމޫނާ އެޓޭޗްކުރެވިފައި)
- ސޯފާގެ ދިގުމިން 6 ފޫޓް × 2 ފޫޓްފުޅާ
- ސޯފާގެ ކުލަ މެރޫން އަދި ގޯލްޑް
2- ސޯފާ ގޮނޑި 2
- އެޓޭޗް ކުރެވިފައިވާ ނަމޫނާގައިވާ 2 ސޯފާ ގޮނޑީގެ ތެރެއިން ކޮންމެވެސް 1 ސޯފާގޮނޑި މޮޑިފައިކުރުން
- ސޯފާ ގޮނޑި 1 އާއި ވައްތަރުގޮތަށް ސޯފާ ގޮނޑި 2 ތައްޔާރުކުރުން
- މި ސޯފާގެ ކުލަ މެރޫން އަދި ގޯލްޑް
ނޯޓް:
- މިކަމާގުޅިގެން އިތުރުމަޢުލޫމާތެއް / ސުވާލެއް އޮތްނަމަ ދީފައިވާ މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ.
- ކޯޓޭޝަން ހުށަހަޅާފަރާތުން ތައްޔާރުކުރާ ސޯފާގެ ނަމޫނާ / ޑިޒައިން ކޯޓޭޝަންއާއެކު ފޮނުވައިދެއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު
|
1 |
ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު: ކޯޓޭޝަން ހުށަހަޅާ މަރުޙަލާގައި، އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ. |
1- ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު) 2- މަސައްކަތް ނިންމާނެ މުއްދަތު
3- ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ: 4- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ: 5- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ
6- އައިޑީ ކާޑް ކޮޕީ |
|
2 |
ޕޮއިންޓް ދެވޭނެގޮތް |
1- އަގަށް: 60 ޕޮއިންޓް 2- މުއްދަތު 25 ޕޮއިންޓް 3- ކަމާގުޅުންހުރި ތަޖްރިބާ: 10 ޕޮއިންޓް 4- ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް: 05 ޕޮއިންޓް |
|
3 |
ސުންގަޑި |
17 މާރޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ. |
|
4 |
ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން |
ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ. އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ނުހޮވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 5 ދުވަހުގެ ފުރުޞަތެއް ދެވޭނެއެވެ. މި 5 ދުވަސްފަހުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާނަމަ އެވޯޑްވި ފަރާތާ، ޕީއެސްއެމްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ. |
|
4 |
ކޯޓޭޝަންބަލައި ގަތުން: |
|
ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
01 ޝަޢުބާން 1442
14 މާރޗް 2021