މަސައްކަތް
ނަންބަރު: (IUL) 142-A1/142/2021/31
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 17 މާރިޗު 2021 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލެސިޓީ މިސްކިތްތަކުގައި އެޓެންޑެންސް މެޝިން ހަރުކުރުން

އިޢުލާން

މާލެސިޓީ މިސްކިތްތަކުގައި އެޓެންޑެންސް މެޝިން ހަރުކުރުން

މާލެސިޓީ މިސްކިތްތަކުގެ އިމާމުންގެ އެޓެންޑެންސް ނެގުމަށް ބޭނުންވާ އެޓެންޑެންސް މެޝިން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރީ ބިޑް މީޓިންގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ޕްރީ ބިޑް މީޓިންގ އޮންނާނީ 18 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 17 މާރިޗު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ޔަޤީން ކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 23 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020252، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                        01 ޝަޢުބާން 1442

14 މާރިޗު 2021