ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/36
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 18 މާރިޗު 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާރޗް ކޮންސަލްޓަންޓް (ޕްރޮމިސް ޕްރޮޖެކްޓް)

މަޤާމް :ރިސާރޗް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

މަޤާމު:

ރިސާރޗް ކޮންސަލްޓަންޓް (ޕްރޮމިސް ޕްރޮޖެކްޓް)

ބޭނުންވާ އަދަދު:

01

އޮފީސް:

ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް/ ކ. މާލެ

ޑިޕާޓްމަންޓް / ސެކްޝަން

އެޑްމިން

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

01 އަހަރު

އުޖޫރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,000.00 ރުފިޔާ

ފީލްޑް އެލަވަންސް:

މަހަކު 4,500.00 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  • އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެންވަޔަރމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރައްވާފައިވާ ދިރާސާތައް ޕިޔަރ ރިވިއުޑް ޖަރނަލްތަކުގައި ޝާއިއުކޮށްފައިވުން.
  • ގުޅުންހުރި ދާއިރާއަކުން ކިޔަވާ ދިނުމުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

(1) ލީޑަރޝިޕް:

  • ޕްރޮމިސް ޕްރޮޖެކްޓްގެ ކޮންސޯޓިއަމް ޕާރޓްނަރ އޭޖެންސީތަކާއި ގުޅިގެން ހިންގާ ޙަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތައް ކުރުމާއި، ހަރަކާތްތައް ރޭވުމާއި، ހަރާކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާ ކުރުން.
  • ޕްރޮޖެކްޓް ގެ ދަށުން އެއްކުރަންޖެހޭ ޑޭޓާއެއް ނެގުމާއި، ނެގޭ ޑޭޓާ ޕްރޮސެސް ކުރުމާއި، ޑޭޓާ ބޭނުންކޮށްގެން ހަދަންޖެހޭ އެނަލިސިސް ގެ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ކުނިބުނި މެނޭޖުކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް މުރާޖައާކޮށް ދިރާސާތައް ހެދުން.
  • ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ ރިސާރޗް ހަރަކާތްތައް ކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
  • ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  • ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތައް ރާވާ ހިންގުން.

(2) ރިސަރޗް ކުރިއެރުވުމާއި މެނޭޖްކުރުން:

  • ދެމެހެއްޓެނެވި ތަރައްޤީއާއި ވިޔަފާރީއާއި އިޤްތިޞާދުގެ ދާއިރާތަކުން ދިރާސާތައް ފަރުމާކޮށް ރިސާރޗް ހަދައި ޢާއްމުކުރުން.
  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން
  • ދެމެހެއްޓެނެވި ތަރައްޤީއާއި ވިޔަފާރީއާއި އިޤްތިޞާދުގެ ދާއިރާތަކުގެ ދަރިވަރުންގެ ދިރާސާތައް ސުޕަވައިޒްކުރުމާއި ކިޔަވައިދިނުން.
  • ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.

(3) ފަންޑު ހޯދުން:

  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމުގެ ޕްލޭންތައް އެކުލަވާލާ ފަންޑު ހޯދުން.

)4) އެތެރެއާއި ބޭރުގެ މުވާޞަލާތީ ގުޅުންތައް:

  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި އޮފީހުން ކުރާ ކަންތައްތައް އިޝްތިހާރު ކުރުން.
  • އަންނަނިވި ކަންތައްތައް ހިމެނޭ ގޮތަށް ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ އައުޓްރީޗް ސްޓްރެޓެޖީ ކުރިއަރުވައި ބެލެހެއްޓުން: މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުން،  ބްރީފިންގ ތަކާއި ޕްރެޒެންޓޭޝަން ތައް ދިނުން، މީޑިއާ މުޢާމަލާތްތައް ކުރުން، ޚާއްޞަ ޕަބްލިކޭޝަންތަކަށް މަޒުމޫނުތަކާއި ޖާރނަލް ތަކުގައި ޕޭޕަރުތައް ޝާއިޢު ކުރުން

(5) އެހެނިހެން މަސައްކަތް:

  • ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ މީހުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަހުލުވެރިކުރުމަށް ކުދި ތަމްރީނުތައް ރާވައި ހިންގުން.
  • ޔުނިވަރސިޓީގެ ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ ޕޮލިސީ/ސިޔާސަތުތައް ތަންފީޒުކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 މާރިޗު 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/ResearchConsultant-PROMISEproject

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

Job Application Form (PROMISE Project)

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ނޯޓް:

 

  • އަމަލީގޮތުން ގިނަ ދިރާސާތަކެއް ހަދާފައިވާ އަދި މިދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345144 ނަމްބަރު ފޯނަށެވެ.

 

11 މާރިޗު 2021