ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PR/1/2021/14
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 15 މާރިޗު 2021 10:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ އަންހެން އޮފިސަރުން ޔުނިފޯމާއެކު ބޭނުންކުރާ ބުރުގާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ އަންހެން އޮފިސަރުން ޔުނިފޯމާއެކު ބޭނުންކުރާ ބުރުގާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 28 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ އީމެއިލްއަށް ([email protected]) 15 މާރިޗު 2021  ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރި ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.  ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 15 މާރިޗު 2021  ވާ ހޯމަ ދުވަހުގެ 10:00 ގައި ކަސްޓަމްސް ހެޑްއޮފީހުގައެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  ފޯނަށް ގުޅުއްވުން އެދެމެވެ.

09 މާރިޗު 2021