ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޕްރޮޖެކްޓްތަކުގެ މަޤާމްތަކަށް، ދުވަހު މުސާރައަށް ގދ.ފަރެސްމާތޮޑާ ސައިޓުގައި މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
| 
 #  | 
 މަޤާމް  | 
 ބޭނުންވާ އަދަދު  | 
 ޝަރުތު  | 
 މުސާރަ (ދުވާލަކު)  | 
 ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :  | 
| 
 
  | 
 ލޭބަރ  | 
 01  | 
  | 
 350 ރ  | 
 ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން. 
  | 
| 
 
  | 
 ވެލްޑަރ  | 
 10  | 
  | 
 420 ރ  | 
 ރަނގަޅު ފެންވަރުގައި ވެލްޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.  | 
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 30 ދުވަސް
ޑިވިޜަން: ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން
މަސައްކަތް ކުރަންޖެހޭ ތަން: ގދ.ފަރެސްމާތޮޑާ ސައިޓް
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 10 މާރިޗު 2021 ވަނަ ދުވަހުގެ 12:00އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001149/ 3001127 / 3001120
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
 - މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
 - އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
 - ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
 
08 މާރިޗު 2021