މަސައްކަތް
ނަންބަރު: (IUL)426-AA/426/2021/102
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 22:30
ސުންގަޑި:
21 މާރިޗު 2021 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ފޭދޫގެ 02 ނެރުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން
ބީލަން ހުށަހެޅުމުގެ ދައުވަތު
- އައްޑޫ ސިޓީ ފޭދޫގެ 02 ނެރުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބިޑް ޑޮކިއުމަންޓް 2021 މާރިޗު 08 ވާ ހޯމަ ދުވަހުން ފެށިގެން 2021 މާރިޗު 15 ވާ ހޯމަ ދުވަހުގެ 13:00އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް 300/- ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބިލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މި ދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ.
-
ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
-
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 މާރިޗު 21 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
23 ރަޖަބު 1442
07 މާރިޗު 2021