ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-B/327/2021/203
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 06 މާރިޗު 2021 08:59
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު ހުސްބިންތަކާއި އަދި މަގުތައް ސާފުކުރުން

މި އިޢުލާނުގައި ފާހަގަ ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ބޭނުން ވެއެވެ. މި އިޢުލާނުގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދު ވަނީ ނައިފަރު ކައުންސިލްގެ 2021 ވަނަ އަހަރުގެ 04 ވަނަ ޢާންމު ޖަލްސާއިން މި ސަރަޙައްދުގައި ޢިމާރާތްކުރުމަށް ގެންނަ ތަކެތި ބެހެއްޓުމަށް މި ސަރަހައްދަށް އެދިފައިވާ ފަރާތްތަކަށް ދޫކުރުމަށް ކަނޑައެޅިފައެވެ.

ވީމާ، މި ތަކެތި 6 މާރިޗު 2021 ދުވަހުގެ 09:00ގެ ކުރިން ނަންގަވައި ބިންސާފުކުރުމަށް ދަންނަވަމެވެ. މުއްދަތު ހަމަވާއިރު ތަކެތި ނަންގަވައި ބިންސާފުކޮށްފައިނުވާނަމަ ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެވާހަކަވެސް ދެންނެވީމެވެ.


މިތަކެތި ކައުންސިލުން ނަގާނަމަ، އެއްވެސް އެއްޗެއް ދޫކުރެވޭނީ ތަކެތި ނެގުމަށް ކައުންސިލުން ކުރި ޚަރަދު ދެއްކުމުންނެވެ. ތަކެތި ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރެވޭނީ އެތަކެތީގެ ވެރިފަރާތްކަން ލިޔުމަކުން އެއްބަސްވުމަށްފަހުގައެވެ.

28 ފެބުރުވަރީ 2021