ދެންނެވުން
ނަންބަރު: (IUL)23-S/23/2021/51
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 11 މާރިޗު 2021 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީ އާއި މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަޤާމުތަކުގެ ތެރެއިން ދިވެހީން ނުލިބޭ މަޤާމުތަކަށް ބިދޭސީންގެ ރެކްރޫޓްމަންޓް ކުރިއަށް ގެންދިއުމާ ގުޅޭ

މިމިނިސްޓްރީ އާއި މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަޤާމުތަކުގެ ތެރެއިން ދިވެހީން ނުލިބޭ މަޤާމުތަކަށް ބިދޭސީން މިހާރު ރެކްރޫޓްކުރަމުން ގެންދާ ގޮތަށް ބަދަލުގެނެވި، ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތްތައް މިމިނިސްޓްރީގެ ޑައިރެކްޓް ރެކްރޫޓްމަންޓުގެ ތެރެއިން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާތީވެ އެޕްލިކޭޝަންތަށް މިއަދުން ފެށިގެން ބަލައިގަންނަމުންދާނީ [email protected] ން  ކަމުގައި ދަންނަވަމަވެ. އަދި މިގޮތުން ފޮނުވާ އެޕްލިކޭޝަންތައް ފޮނުވަންވާނީ އެކެނޑިޑޭޓެއްގެ ޕާސަނަލް އީމެއިލުން ކަމަށާއި މިނޫން ގޮތަކަށް ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިއުލާން ކުރަމެވެ. 

03 މާރިޗު 2021