ދިވެހިރާއްޖެ
މިޑިޕާޓްމަންޓްގެ ރިސެޕްޝަން އޭރިއާގައި އަޅާފައިވާ ލަކުޑި ޑެގްގައި އަޅާފައިވާ ޕްލައިވްޑް ފިލާގެ ބަދަލުގައި ފައިބަރ ފިލާއަށް ބަދަލުކުރުމާއި، އަދި ރިސެޕްޝަން އޭރިއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: 198-F/2020/151 (08 ޑިސެމްބަރ 2020) އިޢުލާނުގެ މަސައްކަތުގެ ސްކޯޕް ބަދަލުވެފައިވާތީ، އެ ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2021 މާރޗް 08 ވަނަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.
ނޯޓް: މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި މަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް ހާރޑް ކޮޕީ ޕްރިންޓްކޮށް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 މާރޗް 11 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.