ޢާންމު މަޢުލޫމާތު
ނަންބަރު: IAS/MIS/2021-256
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 04 މާރިޗު 2021 11:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މަތިންދާބޯޓު ދަތުރުތަކުގައި ޕަސެންޖަރުން ބުއިމަށް ބޭނުންކުރާ ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ މަތިންދާބޯޓު ދަތުރުތަކުގައި ޕަސެންޖަރުން ބުއިމަށް ބޭނުންކުރާ ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  18 ޖަނަވަރީ 2021 ވަނަ ދުވަހު ކުރެވުނު ނަންބަރު: IAS/MIS/2021-056 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ގަބޫލުކުރެވޭ ބިޑް ހުށަހަޅާފައި ނުވާތީ، އިސްވެ ބަޔާން ކުރެވުނު އިޢުލާން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލި ވާހަކަ ދަންނަވަމެވެ.

 ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 04 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 22 މާރިޗް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

24 ފެބުރުވަރީ 2021