ދިވެހިރާއްޖެ
134-HR/I/2021/22 :ނަމްބަރު
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.
|
މަޤާމު |
ފޯރމަން |
|
ބޭނުންވާ ޢަދަދު |
2 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް ، 1 އަހަރު ދުވަހުގު މުއްދަތަށް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގދ.ތިނަދޫ އައިސް ޕްލާންޓް |
|
ޖުމްލަ މުސާރަ: |
8560.00 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ޝަރުޠު: |
- ގްރޭޑް 7 ނިންމާފައި ވުން. - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން. |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
- އައިސްޕްލާންޓުން މަސްވެރިންނަށް އައިސް ދޫކުރުން. - އައިސްޕްލާންޓް ސާފްތާހިރުކޮށް ބެލެހެއްޓުން. - އައިސްޕްލާންޓް ޙަވާލުވެގެން ހުންނަ ވެރިއެއްގެ އިރުޝާދުގެ ދަށުން އައިސްޕްލާންޓްގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް |
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި / އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން). |
|
ތަކެތި ހުށަހަޅަންޖެހެޭ އޮފީސް: |
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected]އަށެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 24 ފެބުރުވަރީ 2021 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. - މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ ގދ.ތިނަދޫ އައިސްޕްލާންޓްގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.