ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/23/2021/33
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 28 ފެބުރުވަރީ 2021 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީ ދޫކުރާ މައުލޫމާތުޝީޓާއި އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތަށް 5 ނެޓްވޯރކް ސްވިޗް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

 މިމިނިސްޓްރީ ދޫކުރާ މައުލޫމާތުޝީޓާއި އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތަށް 5 ނެޓްވޯރކް ސްވިޗް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި  ދުވަހުން ފެށިގެން 28 ފެބްރުއަރީ 2021  ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 މާރިޗު  2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 ފެބްރުއަރީ 2021 ވާ  އާދިއްތަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                06 ރަޖަބު  1442

18 ފެބުރުވަރީ 2021