ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
|
މަޤާމް: |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
|
މުއްދަތު: |
6 މަސްދުވަސް |
|
ސެކްޝަން/ ޑިވިޝަން |
ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް |
|
ބޭނުންވާ އަދަދު: |
3 |
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު: |
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
ހުނަރުވެރިކަން: |
ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ: - ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން - ވަޒީފާއާއި ގުޅޭ ދާއިރާ " ފައިނޭންސް އެންޑް އެކައުންޓިންގ " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ޤާބިލްކަން ކަށަވަރު ކުރުމަށް އިމްތިހާން އަދި އިންޓަރވިއުކޮށްގެން |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބިދޭސީންގެ ޑިޕޮސިޓް ފައިސާއާއި ބެހޭ އިދާރީ މަސައްކަތް ކުރުން. - ފައިނޭންސް އަދި ބަޖެޓް ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން. |
|
މުސާރައާއި އިނާޔަތްތައް: |
އަސާސީ މުސާރަ: -/4465 ރުފިޔާ ސަރވިސް އެލަވަންސް: -/1500 ރުފިޔާ ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 |
ކުރިމަތިލުމުގެ ސުންގަޑި:
މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2021 ފެބްރުއަރީ 22 ވާ ހޯމަ ދުވަހުގެ 12:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި ދިވެހިރާއްޖޭގެ ބާރ ކައުންސިލްގެ ޤަވާއިދު ނަންބަރު R-1067/2019 "އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ޤަވާއިދު" އާއި އެއްގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ[email protected] އީމެއިލްއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00 – 8:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.