ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2021/11
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 21 މާރިޗު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީ ކުރުން

އިޢުލާން

 

ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީ ކުރުން

 

1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިގޮތުން ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 2021 މާރޗް 21 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާ ލެވިފައެވެ.

ވީމާ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން 2020 މާރޗް 21 ވާ (އާދިއްތަ) ދުވަހުގެ 13:00 ގެ ކުރިން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށް ފަހު ކައުންސިލްއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް 2021 ފެބްރުއަރީ 16 އިން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

16 ފެބްރުއަރީ 2021

16 ފެބުރުވަރީ 2021