މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2021/16
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 25 ފެބުރުވަރީ 2021 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން ބޭނުންވާ ސަރައްހަދުގައި ފައިބަރ ކޭބަލް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/16

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-01-21) PSM-ENG /2021/04,06

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ  ބޭނުންތަކަށް ތިރީގައި މިދަންނަވާ ސަރަހައްދުތަކުގައި ފައިބަރ ކޭބަލްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/3 ނަންބަރު އިޢުލާނާގުޅިގެން  ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

  • މާލޭ ހުކުރު މިސްކިތުގައި  ހުންނަ މިކުންފުނީގެ ފައިބަރ ފޮށިން ރައްޔިތުންގެ މަޖްލިސް އިދާރާޔާ ހަމައަށް 6 ކޯރ ގެ ފައިބަރ ކޭބަލެއް އެޅުމާއި، އަދި މަޖްލިސް އިދާރާގައި 12 ކޯރގެ ފައިބަރ ޓްރޭ އެއް އަޅުވާދިނުމުގެ މަސައްކަތް ކުރުން.
  • ޕިއެސްއެމްގެ ޓީވީ ޢިމާރާތުގެ އުތުރުފަރާތުން ޢިމާރާތުގެ ތެރެއަށްވަދެފައިހުރި ފައިބަރ ކޭބަލްތައް ދެކުނު ފަރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.

ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މަތީގައި ބަޔާންކޮށްފައިވާ 2 ސަރަހައްދަށް މިކޭބަލްއެޅުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ފެބްރުއަރީ2021 ވާ ބުރާސްފަތި  ދުވަހުގެ 14:00 އަށް  ޕީއެސްއެމް ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

             02 ރަޖަބު 1442      

             14ފެބްރުއަރީ 2021    

14 ފެބުރުވަރީ 2021