މަސައްކަތް
ނަންބަރު: (IUL)468-U01/468/2021/25
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 22 ފެބުރުވަރީ 2021 11:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ބެހޭ

         ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓް ހިމެނޭ 25 އެއްމެދު ޢިމާރާތުގެ ޢާއްމުބައިތަކާއި ވަޞީލަތްތައް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-U01/468/2020/234 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ކަރުދާސް އިސްލާޙްކުރުމަށް ބޭނުންވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން: 6865001، 6862530   6862829

އީމެއިލް: [email protected]  

 

 

11 ފެބުރުވަރީ 2021