ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ޕްރޮކިއުމަންޓް ރިފަރަންސް : MV-MOE-214490-GO-RFQ
ފަސްޓް އެއިޑް ކިޓް ގަތުމަށް ބޭނުންވެއްޖެ:
ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް: ލަރނިންގ އެޑްވާންސްމަންޓް އެންޑް މެސަރމަންޓް ޕްރޮޖެކްޓް" ގެ ފަރާތުން ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަސްޓް އެއިޑް ކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މައުލޫމާތު ސާފުކުރުން:
މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 2021 ފެބްރުވަރީ 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ކޯޓޭޝަން އުސޫލު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ކޯޓޭޝަން އުސޫލު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ކޯޓޭޝަން އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ކޯޓޭޝަން އުސޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ފެބްރުވަރީ 25 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތަށް ބަލާނެ މިންގަނޑު:
މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
އަންދާސީ ހިސާބު އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]