ދެންނެވުން
ނަންބަރު: (IUL)242/242/2021/2
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 21 ފެބުރުވަރީ 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުން

                                                                  ނަމްބަރ:  242/242/2021/2(IUL)

 

                                

 

                                         

                                          އިޢުލާން

 

މި އިދާރާއިން ދޫކުރާ އެއްގަމު ލައިސަންސްގެ އެގްޒަމިނަރުން ހޯދުމާގުޅޭ

 

މި އިދާރާއިން ދޫކުރާ އެއްގަމު ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ އެގްޒަމިނަރުން ހޯދުމާބެހޭގޮތުން 04 ޖެނުއަރީ 2021ވަނަ ދުވަހު ކުރި އިޢުލާނުގައި ޕޮއިންޓްދޭނެ ގޮތްތައް ކަނޑައަޅާފައިނުވާތީ، މި އޮފީހުގެ ނަމްބަރ: (IUL)242/242/2021/1 (24 ޖުލައި 2021) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އެކަމަށް އެދި ސިޓީ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ވެސް ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސްގެ މީހުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އެގްޒަމިނަރުން ހޮވުމުގައި ލައިސަންސްގެ މުއްދަތާއި އަދި ލިބިފައިވާ ކެޓަގެރީތަކުގެ މައްޗަށް ބެލެވޭނެއެވެ.

 

 

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  1. A1, A0, B1, B2, C1, C2, C0 މި ކެޓަގަރީ ލައިސަންސް، 05 އަހަރުވެފައިވާ ފަރާތެއްނަމަ ކޮންމެ ކެޓަގަރީއަކަށް      10 މާރކްސް
  2. A1, A0, B1, B2, C1, C2, C0 މި ކެޓަގަރީ ލައިސަންސް، 05 އަހަރުވެފައިނުވާނަމަ ކޮންމެ ކެޓަގަރީއަކަށް    03 މާރކްސް
  3. C4, C3 ލިބިފައިވާނަމަ ކޮންމެ ކެޓަގަރީއަކަށް   05 މާރކްސް
  4. ޝަރުޠު ހަމަވާނަމަ. 20 މާރކްސް (05 އަހަރުވެފައިވާ A ޒޯން ލައިސަންސެއް އޮތުން)

 

 

ü        އެއްގަމު ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ބޭނުންވާ ޢަދަދު: 04 (ފިރިހެނުން 02 ، އަންހެނުން 02)

ü        އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 03 އަހަރު ދުވަސް

ü        ޝޯޓް ލިސްޓް ކުރެވޭނީ، ޖުމުލަ މާރކްސްގެ ގޮތުގައި 50 މާރކްސް ލިބޭ ފަރާތްތައް.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް

  1. އެގްޒަމިނަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. އައިޑީ ކާޑު ކޮޕީ.
  3. 03 މަސްނުވާ ޕޮލިސް ރިޕޯރޓް
  4. ލައިސަންސް ކާޑު ކޮޕީ (އަސްލާއެއްގޮތް ތައްގަނޑު ޖަހާފައި)

ü   އެގްޒަމިނަރުންނަށް ހުށަހަޅާފަރާތްތަކުގެ މާރކްސް ދެ ފަރާތަށްވުރެ ގިނަ ފަރާތް އެއްވަރުވެއްޖެނަމަ އެގްޒަމިނަރުން ހޮވާނީ އިންޓަރވިއު ކޮށްގެންނެވެ.

10 ފެބުރުވަރީ 2021