ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.
| މަޤާމް: | އެކައުންޓް އޮފިސަރ | 
| 
 | ކޮންޓްރެކްޓް (1 އަހަރު) | 
| ބޭނުންވާ ޢަދަދު: | 1 | 
| މުސާރާ: | 10,273.5/- ރުފިޔާ ) ( އެލަވަންސްތަކާއި އެކު ) | 
| މަސައްކަތް ކުރަންޖެހޭ ތަން: | މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި. | 
| މަޤާމުގެ ޝަރުތު: 
 | އެކައުންޓް ނުވަތަ ފައިނޭސް މެނޭޖްމަންޓްގެ ދައިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދައިރާ އަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން | 
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އައިއެކު)
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 16 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339275 ފޯނާއި ގުޅުއްވުން އެދެމެވެ.
26 ޖުމާދަލްއާޚިރާ 1442