މަސައްކަތް
ނަންބަރު: (IUL)30-C/30/2021/21
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 15 ފެބުރުވަރީ 2021 10:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

   (IUL)30-C/30/2021/21 :ނަންބަރު 

 

2 ވަނަ އިޢުލާން

އިޢުލާން

 

                  މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2021/11 (24 ޖެނުއަރީ 2021) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ފުރިހަމަ ނުވާތީ، އެއިޢުލާނުގެ ދަށުން ލިބިފައިވާ އަންދާސީ ހިސާބުތަށް ބާޠިލޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

 

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339264 އަދި 3339282 ނަންބަރު ފޯނަށެވެ.

 

              21 ޖުމާދުލްއާޙިރާ 1442

              03 ފެބްރުއަރީ 2021

 

03 ފެބުރުވަރީ 2021