ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2021/12
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 07 ފެބުރުވަރީ 2021 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓެންޓް

ވަޒީފާގެ ފުރުޞަތު 

މަޤާމް :

ސީނިއަރ އެކައުންޓެންޓް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/9975 ރުފިޔާ (ނުވަހާސް ނުވަސަތޭކަ ހަތްދިހަ ފަސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/4275 ރުފިޔާ (ހަތަރު ހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ )
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އޭ.ސީ.ސީ.އޭ ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައިވުން  ނުވަތަ އެކައުންޓިންގއިން ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމްގެ މަސްޢޫލިއްޔަތު

  • ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ޓެކްސް ސްޓޭޓްމަންޓްތައް ހެދުމާއި އެކައުންޓްސްއާއި ގުޅޭ އެހެނިހެން މަސައްކަތްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އެކައުންޓިން ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  1. ވަޒީފާއަށްއެދޭ ފޯމް
  2. ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދޭފަރާތުގެ އައިޑީ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓުފިކެޓުތައް)  
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

  • މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 07 ފެބްރުއަރީ  2021 ވާ އާދީއްތަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އީމޭލްއިން ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

ވަޒީފާއަށް އެދޭނެ ގޮތް:

  • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
02 ފެބުރުވަރީ 2021