| މަޤާމު: | އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ | 
| މަޤާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ރޭންކް: ޖީ.އެސް 03) | 
| މުސާރަ: | 4,465.00 ރުފިޔާ | 
| ސަރވިސް އެލަވަންސް: | 1,500.00 ރުފިޔާ | 
| ބޭނުންވާ އަދަދު: | 01 | 
| މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް: | ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ / (ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ) | 
| ތަޢުލީމާއި ތަޖުރިބާ: | 
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް ބޭނުންވާ ޕްލޭންތައް  ހެދުމާއި،  ބަޖެޓް ތައްޔާރު  ކުރުމާއި  ތަރައްޤީގެ  މަޝްރޫޢުތައް  ރަށުކައުންސިލްތަކުން  ތަންފީޛު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެއާގުޅޭ ގަވާއިދު ހެދުމާބެހޭ މަސައްކަތްކޮށް ބެލެހެއްޓުން.ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުވައިދިނުމުގައި އެހީތެރިވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ޔުނިޓުންކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށުކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކޮށް ބެލެހެއްޓުން.ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. ޕީ،އެސް،އައި،ޕީ ގެ ދަށުން އަތޮގެ އިދާރީ ދާއިރާގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތައް ހުށަހެޅުން. އަތޮޅާއި ރަށުފެންވަރުގެ ހިންގޭ އެކިއެކި ސާރވޭތަކުގެ ލިސްޓާއި ރެކޯޑް ބެލެހެއްޓުން.ބޯހިމެނުމާއި ސާރވޭތަކަށް ބޭނުންވާ ލިސްޓުތައް ރަށުފެންވަރުގައި ނެގުމާއި މިމަޢުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ މިންވަރަކުން އެމަސައްކަތް ކުރުމާއި ބޯހިމެނުމާއި ސާރވޭތަކަށް ބޭނުންވާ ރަށްރަށުގެ ޗާޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ބޯހިމެނުމާބެހޭ ސާރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ޙަރަކާތްތެރިވާ އިނިއުމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީނުކުރުން.އްލި ޙާލަތްތަކުގައި ވަގުތުން ވަގުތަށް އަތޮޅާއި ރަށުފެންވަރުގައި އެއްކުރަންޖެހޭ އިމަރޖެންސީ އިންފޯ ހަލުވިކަމާއެކު ނެގުމަށްޓަކައި އެހީތެރިވުން.އަތޮޅުގެ ރަށްރަށުގެ ވިހާ މަރުވާއާއި މީހުންގެ ރަޖިސްޓަރީ ބެލެހެއްޓުން.އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 2013 އޭޕްރީލް 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް | 
| އުޖޫރައާއި ޢިނާޔަތްތައް: | 
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ އަދި ދަތުރު އެލަވަންސް | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ބަޔާންކުރާ ފޯމު". (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.) (މި އިދާރާގެ މުވައްޒަފުން މިފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.)ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފުސީލު އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ) | 
| އެހެނިހެން ކަންތައްތައް | 
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައެއްނުގަނެވޭނެއެވެ. |