ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-B13/1/2021/7
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:04
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޝިޕިންގ އެޖެންޓުން ޢައްޔަންކުރިކަން ބަޔާންކޮށް ލިޔުން ހުށަހެޅުމާބެހޭ:

ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް ޢައްޔަންކުރެވޭ ޝިޕިންގ އެޖެންޓުންނަކީ އުޅަނދުގެ ވެރިފަރާތުން ނުވަތަ މާސްޓަރ ނުވަތަ ޕްރިންސިޕަލް އައްޔަންކޮށްފައިވާ ފަރާތެއްގެ ގޮތުގައި އެކަށައެޅުއްމަށްޓަކައި، 15 ފެބުރުއަރީ 2021 އިން ފެށިގެން، ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުގެ ޝިޕިންގް އެޖެންޓުން އައްޔަންކުރިކަން ބަޔާންކޮށް އެ އުޅަނދެއްގެ ވެރިފަރާތް، ނުވަތަ މާސްޓަރ ނުވަތަ ޕްރިންސިޕަލްގެ ލިޔުން ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފީމެވެ.

މިގޮތުން، ޝިޕިންގ އެޖެންޓް އައްޔަންކުރިކަމުގެ ލިޔުން ހުށަހަޅާނީ، އީ.ޓީ.އޭ ލިޔުންތަކާއި "ވެސަލް އެރައިވަލް އިންފޮމޭޝަން ފޯމް" (MCS-135) ފުރިހަމަކޮށް އުޅަނދަށް ކްލިއަރެންސް ދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅާއިރުގައެވެ.

ވީމާ، 15 ފެބުރުއަރީ 2021 އިން ފެށިގެން، މަތީގައި ދެންނެވިފައިވާ ގޮތުގެމަތީން، އެޖެންޓް އައްޔަންކުރިކަމުގެ ލިޔުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ.

27 ޖަނަވަރީ 2021