މަސައްކަތް
ނަންބަރު: (IUL) 438-ENV/438/2021/7
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 28 ފެބުރުވަރީ 2021 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އާބާދީ ބޮޑު ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން މާލޭ ސަރަހައްދު ނޫން އެހެނިހެން އާބާދީ ބޮޑު ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 28 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ  އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 28 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހު 12:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން 

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 25 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. 

އީމެއިލް އެޑްރެސް: [email protected] 

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން، 

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫއުގެ ނަން: އާބާދީ ބޮޑު ރަށްރަށުގައި އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން ގާއިމުކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓެއް ތައްޔާރުކުރުމާއި ގުޅޭ 

އިޢުލާނު ނަންބަރު: (IUL) 438-ENV/438/2021/7

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް)

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

 

26 ޖަނަވަރީ 2021