ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)251-CA/251/2021/6
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 22:45
ސުންގަޑި: 03 ފެބުރުވަރީ 2021 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ބަނދަރު އަދި ރަށުތެރެ ބަލަހައްޓާ މީހުން

އިޢުލާން

 

މަޤާމް:

ބަނދަރު އަދި ރަށުތެރެ ބަލަހައްޓާ މީހުން

ބޭނުންވާ ޢަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ސެކްޝަން:

މުނިސިޕަލް ސާރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަށް ނަގާ މުއްދަތު

6 މަސްދުވަހަށް

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ)

އެހެނިހެން އެލަވަންސް:

  1. ސަރވިސް އެލަވަންސް: -/1000ރ (އެއްހާސް )
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/1200ރ (ބާރަސަތޭކަ)
  3. ރަމަޟާން މަހުގެ އިނާޔަތު ފައިސާ
  4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

ބަލަހައްޓަންޖެހޭ ސަރަހައްދުތައް

  1. ރަށުގެ މަގުތައް
  2. ރަށުގެ ބަނދަރު
  3. ރަށުގެ ހުޅަނގުފަރާތު އަތިރިމަތި
  4. ޕާކުތަކާއި ޕްރީސްކޫލު ސަރަހައްދު
  5. މިސްކިތްތައް ހުންނަ ސަރަޙައްދުތަކާއި ގަބުރުސްތާނުތައް
  6. ކައުންސިލުން ކަނޑައަޅާ އެހެނިހެން ސަރަހައްދުތައް

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ރަށުގެ ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުވުން.
  2. ރަށުގެ ބަނދަރުގެ ފަޅުތެރެއަށް އެޅޭ ކުނިތައް ނަގައި ސާފުކުރުން.
  3. ބަނދަރު ފިނިމައިޒާންތަކުގައި ހަރުކޮށްފައިވާ ކަރަންޓު ބޯޑުތަކުން ކަރަންޓަށް އެދޭ ފަރާތްތަކަށް، ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަރަންޓު ދޫކުރުން.
  4. ބަނދަރުގެ ފެން އިސްކުރުތަކުން ފެނަށް އެދޭ ފަރާތްތަކަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ފެން ދޫކުރުން.
  5. ދިއްދޫގެ ފަޅުތެރެ ބޭނުންކުރުމުގެ އުސޫލާއި އެއްގޮތަށް ދަތުރުވެރިން ޢަމަލުކުރޭތޯ ބެލުމާއި އަދި އެ އުޞޫލާ ޚިލާފުވާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން.
  6. ރަށުގެ މަގުތަކާއި ގޯޅިތައް ކޮނުމަށް ހުއްދަ ދޭ ފަރާތްތަކުން ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދޭތޯ ބަލާ ޗެކުކުރުން
  7. ކައުންސިލް ޝާމިލްވާގޮތަށް ރަށުގައި ހިންގާ ޕްރޮޖެކްޓަތައް ކުރިޔަށް ދާއިރު އެ މަސައްކަތް ހިނގާ ނުހިގާގޮތް ބަލާ ކައުންސިލަށް ރިޕޯޓް ކުރުން
  8. ރަށުގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ހުރިތޯ ބަލާ އެތަކެތި ނެގުމުގައި އެހީތެރިވެދިނުން
  9. ރަށުގެ މަގުތަކަށް ދޫކޮށްލާފާއިވާ ގޭތަކުގެ ފުރާޅުގެ ދިޔަދޮވިތައް ހުރިތޯބަލާ އެތަކެތި ނެގުމުގައި އެހީތެރިކަން ދިނުން
  10. ރަށުގެ އިޖުތިމާޢީ ސަރަހައްދުގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހާ މީހުންގެ މަސައްކަތް ބަލާ އިޞްލާހު ކުރަންޖެހޭ ނަމަ ކައުންސިލަށް ރިޕޯޓްކުރުން
  11. ރަށުގެ މަގުތަކާއި ބަނަދަރުގައި  ކުނި ނުކަހާ ހުރިތަންތަން ބަލާ ކައުންސިލަށް ރިޕޯޓުކުރުން
  12. ސާފުނުކުރާ ފަޅުގޯތިތައް ބަލާ ކައުންސިލަށް ރިޕޯރޓްކުރުން
  13. ރަށުގެ ބަނދަރަށާއި ފަޅުތެރެއަށް ކުނިއަޅާ މީހުން ހުއްޓުވައި އެފަރާތްތަކުގެ މައްސަލަ ކައުންސިލަށް ރިޕޯޓްކުރުން
  1. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ރަށުތެރެ ސާފުކުރާ ހަރަކާތުގައި ބައިވެރިވުން
  2. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

 

  1. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
  2. ލިޔަންކިޔަން އެންގުން
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިޔަންކިޔަން އެނގޭކަމުގެ ލިޔުން ނުވަތަ ތަޢުލީމީ ސެޓްފިކެޓް ހުރިނަމަ ސެޓްފިކެޓުތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ތަޢުލީމީ ފެންވަރަށް 20%)
  • ލިބިފައިވާ ހުނަރަށް ބަލައިގެން(އިންޓަވިޢު އަށް %80)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ލިބިފައިވާ ހުނަރަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ 7  އިން 11 އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2021