މަސައްކަތް
ނަންބަރު: (IUL)30-C/30/2021/9
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:16
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

މިމިނިސްޓްރީގެ އޮއިވާލި ކަނދުފަތި ޤާއިމުކުރުމަށް ބޭނުންވާ ތަކެތި، މިނިސްޓްރީގެ ފެޑް ސެންޓަރ (ހުޅުމާލެ) އަށް ސަޕްލައިކޮށް، ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339267 އަދި 3339282 ނަންބަރު ފޯނަށެވެ.

21 ޖަނަވަރީ 2021