މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.
| މަޤާމު: | މަސައްކަތު | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 2 (ރޭންކް: އެސް.އެސް 02) | 
| މުސާރަ: | 3,470.00 ރުފިޔާ | 
| ސަރވިސް އެލަވަންސް: | 1,000.00 ރުފިޔާ | 
| ބޭނުންވާ ޢަދަދު: | 01 | 
| މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް: | ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ / (އެޑްމިނިސްޓްރޭޝަން އެޗް.އާރު އެންޑް އިންފޮމޭޝަން) (އަތޮޅުގެ) | 
| ތަޢުލީމާއި ތަޖުރިބާ: | 
މަޤާމަށް ބޭނުންވާ ތަމްރީނެއް/ހުއްދައެއް/ ލައިސަންސެއް/ސަނަދެއް ހާސިލު ކޮށްފައިވުން | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
އަތޮޅުގޭގެ އިރުމަތީ ފަރާތު ޚަޠީބު މަގާއި، އުތުރުފަރާތު މިރިހިމަގު ހަޑިވިޔަނުދީ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.އަތޮޅުގޭގައި ސާފުކޮށް ބަލަހައްޓަންޖެހޭ ކޮޓަރީގައި ބޭނުންކުރާ ބެޑްޝީޓާއި، ބާލީހުއުރައާއި، ތުވާލި ދޮވެ އިސްތިރިކުރުމާއި، އަތޮޅުލޯންޗާއި ދޯނީގައި ބޭނުންކުރާ ބެޑްޝީޓާއި، ބާލީހުއުރައާއި، ތުވާލިފަދަ ތަކެތި ދޮންނަން އަތޮޅުގެއަށް ގެނައުމުން އެތަކެތި ދޮވެ އިސްތިރިކުރުންވަޒީފާ ބަޔާނުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުންވެސް އިދާރާ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 2013 އޭޕްރީލް 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް | 
| އުޖޫރައާއި އިނާޔަތްތައް: | 
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ އަދި ދަތުރު އެލަވަންސް | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު  ފ. އަތޮޅު ކައުންސިލުގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ބަޔާންކުރާ ފޯމު". (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.) (މި އިދާރާގެ މުވައްޒަފުން މިފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.)ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފުސީލު އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ) | 
| އެހެނިހެން ކަންތައްތައް | 
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. | 
 
 
މި މަޤާމުތަކަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބެލެވޭނީ ތަޢުލީމާއި ތަމްރީނު ، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި، އިންޓަވިއުއިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ. މީގެ އިތުރުން ސިވިލްސަރވިސްގެ ވަޒީފާއެއްގައި އުޅުއްވާ ފަރާތްތަކަށް މަސައްކަތުގެ ފެންވަރު ބަލާ ފޯމުން ފާއިތުވީ އަހަރު ހޯދިނަތީޖާއާއި، ހާޒިރީއާއި، އުޅުމާއި އަޚުލާޤަށް ބަލައިކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދެވޭނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2013 އޭޕްރީލް 16 ވަނަ ދުވަހުން ފެށިގެން މި އިދާރާގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުމަށް ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 6740017، 6740018 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.
20 ޖުމާދަލްއޫލާ 1434