ދިވެހިރާއްޖެ
| 
 މޯލްޑިވްސް ޕޮލިޓެކްނިކްގައި ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސް ސެރޓިފިކެޓް އިން އެލެކްޓްރިކަލް އެންޑް އެލެކްޓްރޯނިކްސް އިންޖިނީރިންގެ ކޯސްތަކަށް، ކިޔަވައިދެއްވާނެ ޕާރޓައިމް ލެކްޗަރާރުން ބޭނުންވެއްޖެއެވެ.  | 
| 
 #  | 
 ކޯސް / ދާއިރާ  | 
 ޝަރުޠު  | 
 އުޖޫރަ  | 
 ބޭނުންވާ ޢަދަދު  | 
| 
 1  | 
 އެޑްވާންސް ސެރޓިފިކެޓް އިން އެލެކްޓްރިކަލް އެންޑް އެލެކްޓްރޯނިކްސް އިންޖިނީރިންގ  | 
 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ކިޔަވައިދޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ކުން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާގައި މަދުވެގެން 1 އަހަރުދުވުގެ ތަޖުރިބާހުރުން. 
  | 
 ގަޑިއަކަށް -/200 ރުފިޔާ  | 
 2  | 
| 
 ހުށައަޅަންވީ ތަކެތި: 1- ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު (ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު). 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. 3- ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައި (ގުޅޭ ދާއިރާއަކުން) 
 
 ވީމާ، މިމަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކަށް ސިޓީ ފޮނުއްވުންއެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3305414 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. 
  |