މަސައްކަތް
ނަންބަރު: GS190/2021/02
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 24 ޖަނަވަރީ 2021 12:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާނު

 

 

އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

 

   މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޖަނަވަރީ 2021 އިން 24 ޖަނަވަރީ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:00 އަށް މިސްކޫލްގެ އީމެއިލް ([email protected]) މެދުވެރިކޮށް ނުވަތަ ލިޔުމަކުން މިސްކޫލަށް ހުށަހަޅާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

2. ގުޅޭނެ މޯބައިލް ނަމްބަރު:

3. ވިޔަފާރި ރަޖިސްޓަރ ނަމްބަރ.

4. އީމެއިލް އެޑްރެސް

މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ޖަނަވަރީ 2021 ވާ އާދިއްތަދުވަހުގެ 12:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ބަލައިގަތުން

ތާރީޚް: 25 ޖަނަވަރީ 2021

ތާރީޚް: 01 ފެބްރުއަރީ 2021

ގަޑި: 10:30

ގަޑި: 10:30

ތަން: ދަނބިދޫ ސްކޫލް

ތަން: ދަނބިދޫ ސްކޫލް

  

      މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު  ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 ށް ގުޅުއްވުމަށް ދަންނަވަމެވެ.

14 ޖަނަވަރީ 2021

14 ޖަނަވަރީ 2021