ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2021/9
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 20 ޖަނަވަރީ 2021 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ

އިޢުލާނު

މި މިނިސްޓްރީގެ ނަންބަރު(IUL)459-HR/1/2021/3 އިޢުލާން ބާޠިލްކޮށް އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 

މަޤާމު:

ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ

 

މަޤާމުގެ ނަންބަރު:

       J-323794

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އެމް.އެސް 2

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް،  މާލެ

 

ޔުނިޓް:

ޑިއުޓީ ޓިމް ޔުނިޓް

 

މުސާރަ:

6295/- ރުފިޔާ

 

ސަރވިސް އެލަވަންސް:

2000/- ރުފިޔާ

 

އެހެނިހެން އެލަވަންސް:

  • 1762.60ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޑިޕާޓްމަންޓަށް ހުށަހަޅޭ މައްސަލަތައް ރިކޯޑްކޮށް ޑޭޓާބޭސްއަށް ޤަވާއިދުން އެޅުމާއި އެކު ޤަވާއިދުން އަޕްޑޭޓްކުރުން .
  • ޑިއުޓީ ޓީމަށް ހުށަހެޅޭ މައްސަލަތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ މައްސަލައަކަށް ހާއްސަ ފައިލެއް ތައްޔާރުކުރުމާއި އެކު އެމައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް ވަކިން ބެލެހެއްޓުމާއި އަދި އެލޮކޭޓްކޮށްގެން މަސައްކަތް ކުރަންޖެހޭ މައްސަލަތަށް ދެނެގަނެ އެލޮކޭޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން .
  • ކުޑަކުދިންނާއި ޢާއިލާގެ މެންބަރުންގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ ޚިދުމަތް ލިބޭނޭ މަގު ފަހިކޮށްދިނުން.
  • ބަލަމުންދާ މައްސަލަތަކުގައި ކޯޓުތަކަށް މަޢުލޫމާތު ދޭންޖެހިއްޖެ ހާލަތެއްގައި އެމަޢުލޫމާތު ހޯދައި ދިނުމާއި ކޯޓުތަކަށް ހާޟިރުވެ ބަޔާން ދިނުން.
  • ކުޑަކުދިންނަށް ކުރާ ތަފާތު އެކި ހާނިއްކަތަކާއި ގުޅިގެން ކުދިންގެ 'އިޖްތިމާޢީ ހާލަތު އަންގައިދޭ ރިޕޯޓް" ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމާއި އެކު ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހިއްސާކުރުން.
  • ޔުނިޓްގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސުޕވައިޒަރުގެ ލަފާގެ މަތިން ކުުރުން .
  • ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ޙައްޤަކަށް އުނިކަމެއް ލިބިގެން އިދާރާއަށް ފޯނުންނާއި، ސިޓީންނާއި، އިދާރާއަށް ހާޟިރުވެ ނުވަތަ މިނޫންވެސް އެހެން ގޮތަކުން ހުށަހަޅާ މައްސަލަތަށް ބަލައިގަނެ މައްސަލަތަކުގައި އަމަލުކުމަށް ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
  • ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްކޮށް ބެލެހެއްޓުން .
  • ޑިއުޓީ ޓީމަށް ހުށަހެޅޭ އަވަސް މައްސަލަތަކުގައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށް ޒިޔާރަތް ކުރުމާއި އަދި މައްސަލަތަކާއި ގުޅިގެން ޒިޔާރަތްކުރަންޖެހޭ އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމާއި އެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު:ކައުންސެލިންގ،  ސައިކޮލޮޖީ، ސޯޝަލް ވޯކް، ސޯޝިއޮލޮޖީ މިއިން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމަށް  ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން(ތައް): ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯކް، ސޯޝިއޮލޮޖީ

މަޤާމުގެ މަސައްކަތު ދާއިރާ: ސޯޝަލް ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) (މި އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  ވެބްސައިޓުން( www.gender.gov.mv) ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖަނަވަރީ 2021 ގެ 13:30 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (21 ޖަނަވަރީ 2021 އާއި (11 ފެބްރުވަރީ 2021) އާ ދެމެދު، (މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

14 ޖަނަވަރީ 2021