ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2021/5
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 21 ޖަނަވަރީ 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންޓެންޓް ރައިޓަރ

                               މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                  އިޢުލާން ނަންބަރު: IUL)MMPRC-HR/1/2021/5)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ކޮންޓެންޓް ރައިޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތަށް މި ކޯޕަރޭޝަނަށް ބޭނުންވާ އެންމެހާ ކޮންޓެންޓްތައް ތައްޔާރުކުރުން.

- ޙަވާލުކުރެވޭ ކެމްޕެއިންއަކާ އެންމެ ގުޅޭ އަދި ޓާގެޓް އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން ހޯދޭނެ ފަދަ ކޮންޓެންޓް ތައްޔާރުކުރުން.

- ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި މި ކޯޕަރޭޝަނުން ބޭނުންކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސްތަކުގެ ކޮންޓެންޓް ތައްޔާރުކުރުން.

- ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރިއަށްގެންދާ އެކިއެކި އެޑްވަޓައިޒިންގ ކެމްޕެއިންތަކުގެ ކޮންޓެންޓް ތައްޔާރުކުރުން.

- ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން މިހާރު ބޭނުންކުރަމުންދާ ކޮންޓެންޓްތައް އިތުރަށް ހަރުދަނާކޮށް މުހިންމު އައު ކޮންޓެންޓްތައް ތައްޔާރުކުރުން.

- މިކޯޕަރޭޝަނުން ކުރިއަށްގެންދާ އަދި ބައިވެރިވާ އެކި އިވެންޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކޮންޓެންޓް އެކަމަށް ކަނޑައެޅޭ ވަގުތާއި މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް، ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

- މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ކޮންޓެންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެންމެ ފަހުގެ ޓްރެންޑްސް އަދި ޓެކްނިކްސްއަށް ރިޢާޔަތްކޮށް ކޮންޓެންޓް ތައްޔާރުކުރުން.

- ނިއުސްލެޓާއަށް ބޭނުންވާ ކޮންޓެންޓް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.

- ތައްޔާރުކުރާ ކޮންޓެންޓްތަކަކީ ރާއްޖޭގެ ބްރޭންޑް އިމޭޖް ނުގެއްލި ބަހުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރެވޭ ކޮންޓެންޓް ކަމުގައި ވުމާއި ކޮންޓެންޓްތަކުން ވީހާވެސް ބޮޑަށް މަންޒަރު އަދި ދޭން ބޭނުންވާ މެސެޖް ރަނގަޅަށް ސިފަކޮށްދިނުން.

- މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިތަކުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

3- ފޯމު ހުށައަޅަންވީ ތާރީޚް: 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރުން.

4- ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރ، ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ޕޯޓްފޯލިއޯ / ކުރިން ކުރެވިފައިވާ މަސައްކަތް.

- ޕޮލިސް ރިޕޯޓް

5- އިތުރު މަޢްލޫމާތު:

  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

13 ޖަނަވަރީ 2021