މަސައްކަތް
ނަންބަރު: 171-I2(b)/IUL/2021/008
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
17 ޖަނަވަރީ 2021 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.މަނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރާއި ނ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ހޯދުމަށް
ޕްރޮޖެކްޓް ނަމްބަރު |
PC-171/2021/W-L003 |
އިއުލާން ނަމްބަރު |
171-I2(b)/IUL/2021/008 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ނ.މަނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރާއި ނ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2021 ޖަނަވަރީ 17 ވަނަ ދުވަހުގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 28 ދުވަހުގެ 10:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 ޖަނަވަރީ 19 ދުވަހުގެ 23:59ި ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- މޯލްޑިވްސް ޕޮލިސް ސަރވިސް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: [email protected]
- ކޮޕީ: [email protected]
13 ޖަނަވަރީ 2021