ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2021/11
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 20 ޑިސެންބަރު 2020 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-238540

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ކ.މާލެ

މުސާރަ:

5020.00

ސަރވިސް އެލަވަންސް:

1500.00

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  4. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 700.00.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން. (މެއިލް އަދި ޖެމްސް އިން އަންނަ ލިޔުންތަކާއި، އެހެނިހެން ޔުނިޓްތަކުންނާއި، ޢާއްމު ފަރާތްތަކުން ފޮނުވާ އެންމެހޭ ލިޔުންތައް) އަދި ފޯން ކޯލްތަކަށް ޖަވާބު ދިނުން.
  2. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓް މެއިލަށް އަންނަ ތަކެތީގެ ތެރެއިން އަވަހަށް ނިންމަންޖެހޭ ކަމެއްވާނަމަ އީ.އޯގެ ސަމާލު ކަމަށް ގެނެސްގެން އެކަމެއް ޙައްލު ކުރުން.
  3. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ އިންވެންޓްރީ އެޅުން. ސްކޫލްތަކުގެ އެސެޓް ލިސްޓް އަޕްޑޭޓް ކުރުން.
  4. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ސްކޫލްތަކަށް ގުޅާ، ސްކޫލް ތަކުން ހޯދަން ޖެހޭ މަޢުލޫމާތު ތައް އެއްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލް ކުރުން.
  5. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ދަށުން ހިންގާ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އެޕްރައިޒަލްއާއި، ވަޒީފާ ބަޔާން ހެދުމާއި އެކަމާ ބެހޭ ހުރިހާ މަސައްކަތެއް ކުރުން.
  6. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ސްކޫލް ތަކުގެ ޕްރިންސިޕަލުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުން.
  7. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ދަށުން ހިންގާ ސްކޫލްތަކުގެ ވެރިންގެ ޗުއްޓީއާއި، ސަލާމުގެ ރިކޯރޑްސް ބެލެހެއްޓުން.
  8. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ސްކޫލް ތަކުން އަންނަ ސިޓީ ތަކަށް ޖަވާބު ތައްޔާރު ކޮށް ސްކޫލަށް ފޮނުވުމާ، އެފަދަ ތަކެތި ސްކޫލްތަކަށް ލިބުނުކަން ކަށަވަރު ކުރުން.
  9. ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ދަށުން ހިނގާ ސްކޫލްތަކުގެ ބަޖެޓާއި، ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން ޔުނިޓުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  10. ކޮންމެ އަހަރެއް ފެށޭއިރު ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ދަށުން ހިނގާ ސްކޫލްތަކުގައި ކުރަން ހުންނަ މަރާމާތު ކޮންމެ ސްކޫލަކުން ހޯދުން.
  11. ކޮންމެ އަހަރެއް ފެށޭއިރު ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓްގެ ދަށުން ހިނގާ ސްކޫލްތަކަށް ހޯދަންޖެހޭ ގޮނޑި، މޭޒު، ކޮމްޕިޔުޓަރ އަދި މިނޫންވެސް ތަކެތި ސްކޫލްތަކަށް ފޯރު ކޮށް ދިނުން.
  12. ސެންޓްރަލް އެޑިޔުކޭޝަންގެ ދަށުން ހިނގާ ސްކޫލްތަކުގެ ދަރިވަރުންނާ ގުޅިގެން އަމިއްލަ ފަރާތްތަކުން ލިބޭ ސިޓީ ތަކަށް ޖަވާބު ދިނުން.
  13. ޙަވާލު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ލިޔެކިޔުންތައް ޤަވާޢިދުން ފައިލް ކުރުމާއި،ރެކޯޑް ބެލެހެއްޓުން
  14. އިމަޖެންސީ ކަމެއް ދިމާވެއްޖެނަމަ، އެކަންތައް ޙައްލު ކުރުމަށްޓަކައި އެސް.އޭ ސެކްޝަންގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ' ސެކަންޑަރި ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިން : ނެތް

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖެނުއަރީ 2021 ގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން،ވެލާނާގެ 8 ވަނަ ފަންގިފިލާ ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަންފޯމާއިއެކުހުރިހާޑޮކިއުމަންޓެއްއެއްފައިލްއަކަށްޕީ.ޑީ.އެފްކުރުމަށްފަހު، އީމެއިލްކުރެއްވުމަށްދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭ އަންގާނެއެވެ. އަދި މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

1. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިމްތިހާން / ޕްރެކްޓިކަލް ދެވެނޭއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341418 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                                  27 ޖުމާދަލްއޫލާ 1442   

                                  11 ޖެނުއަރީ   2021

 

 

13 ޖަނަވަރީ 2021