ސްކޮލަރޝިޕްގެ ޚާއްޞަ ޝަރުޠުތައް
|
- ކޯސްތަކަށް ކުރިމަތިލުމުގެ ފެންވަރު ކަމުގައި ބަލާނީ އެކޯހަކަށް ވަނުމަށް ކަނޑައެޅިފައިވާ ޝަރުތުތަކެވެ. ދަރިވަރުން ހޮވާނީ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެންނެވެ.
- ސްކޮލަރޝިޕަށް ކުރިމަތިލާ ކޯހާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައި ނުވުން.
- އާމްދަނީ ލިބޭ، ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާނުކުރުން.
|
ސްކޮލަރޝިޕްގެ ޢާއްމު އުސޫލުތައް
|
- ދަރިވަރު ކިޔަވަމުންދަނިކޮށް، އެހެން ފަރާތެއްގެ ސްކޮލަރޝިޕް އެއް ލިބިއްޖެނަމަ އެކަން ޔުނިވަރސިޓީއަށް އަންގަންޖެހޭނެއެވެ. އަދި އެވަގުތުންފެށިގެން ސްކޮލަރޝިޕް ގެ ފައިސާ ދިނުން ހުއްޓައިލެވޭނެއެވެ.
- ސްކޮލަރޝިޕް ދޭ އެއްވެސް ދަރިވަރަކު އޭނާގެ ކޯސް ފަސް ކޮށްފިނަމަ (ޑިފަރ ކޮށްފިނަމަ) ސްކޮލަރޝިޕް ގެއްލޭނެއެވެ.
- ސްކޮލަރޝިޕް ލިބެން ފަށާ ތާރީޚް އެ ސްކޮލަރޝިޕް ލިބުނުކަން އަންގާ ސިޓީގައި ބަޔާން ކުރެވިފައި ވާނެއެވެ.
- ސްކޮލަރޝިޕްގެ ދިގުމިނަކީ ރަޖިސްޓްރީ ކުރި ކޯހުގެ ފުލްޓައިމް މުއްދަތެވެ. ސްކޮލަރޝިޕްގެ ފައިސާ ލިބުމަށްޓަކައި، ދަރިވަރު ފުލްޓައިމްކޮށް ކޯހުގައި ކިޔަވަމުންދާން ވާނެއެވެ.
- ކޯހުގެ ފުލްޓައިމް މުއްދަތު ހަމަވުމުން ސްކޮލަރޝިޕް ފައިސާ ދިނުން ހުއްޓައިލެވޭނެއެވެ.
- ދަރިވަރު މަދުވެގެން ކޮންމެ ސެމިސްޓަރަކު 60 ކްރެޑިޓް ޕޮއިންޓްގެ މާއްދާތަކުގައި ރަޖިސްޓްރީ ވެފައިވާން ވާނެއެވެ. ދަރިވަރު ކިޔަވާ މާއްދާތައް މަދުކޮށްފިނަމަވެސް، ސްކޮލަރޝިޕްގެ ފައިސާ ލިބޭނީ ކޯހުގެ ފުލްޓައިމް މުއްދަތު ހަމަވަންދެންނެވެ.
- ދަރިވަރު ކިޔަވާ ކޯސް ބަދަލުކޮށްފިނަމަ، ސްކޮލަރޝިޕް ގައި ފައިސާ ދިނުން ހުއްޓޭނެއެވެ.
- ކޯސް ނިމުމުގެ ކުރިން އެއްވެސް ސަބަބަކާ ހުރެ، ކިޔެވުން މެދުކަނޑާލައިފިނަމަ، ނުވަތަ ކިޔަވާ މާއްދާތައް ކަނޑައެޅިފައިވާ މާއްދާތަކަށް ވުރެ މަދުކޮށްފިނަމަ، ސްކޮލަރޝިޕް ގެ ފައިސާ ދިނުންހުއްޓައިލެވޭނެއެވެ.
- ކިޔަވާ ކޯހުގެ މާއްދާތަކަށް ހާޒިރުވުން %80 އަށް ވުރެ މަދުވެއްޖެނަމަ، ސްކޮލަރޝިޕް ދިނުން ހުއްޓައިލެވޭނެއެވެ.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދަރިވަރަށް މެދުވެރިވީ ވަރަށް ޚާއްޞަ ހާލަތެއް ދިމާވެގެން ކަމުގައިވާނަމަ، އެހާލަތަށް ރިޢާޔަތްކޮށް ސްކޮލަރޝިޕް ދެމެހެއްޓުމަށް އެދުމުގެ ފުރުޞަތު ދަރިވަރަށް ލިބިގެންވެއެވެ. މިގޮތަށް ދަރިވަރަކު އެދޭ ހާލަތްތަކުގައި، އޭނާގެ ސްކޮލަރޝިޕް ދެމެހެއްޓުމާ މެދު ވަކިގޮތެއް ނިންމާނީ ސްކޮލަރޝިޕް ކޮމިޓީން އެދަރިވަރަށް ދިމާވި ހާލަތަށް ބެލުމަށް ފަހުގައެވެ.
|
ސްކޮލަރޝިޕްގެ ޢާއްމު ޝަރުޠުތައް
|
- ދިވެހިރައްޔިތެއްކަމުގައިވުން.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔެވުމަށް އެއްބަސްވުން.
- ކިޔެވުމަށް އެހެން ސްކޮލަރޝިޕް އެއް ލިބިފައި ނުވުން.
- ސްކޮލަރޝިޕަށް އެދޭ ކޯހުގެ ކިޔެވުން ފެށުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ކިޔެވުން ފެށުމަށް ހުރަހެއް ނެތުން.
- މުދައްރިސުންނަށް އަމާޒުކުރެވޭ ރަށްތަކުގެ ވަޒަންވެރިއެއް ކަމަށްވުން.
- ދާއިމީ ވަޒީފާއެއް އަދާ ކުރަމުން ނުދިއުން.
|
ސްކޮލަރޝިޕަށް ކުރިމަތިލުމާއި ދަރިވަރުން ހޮވުން
|
- ޙާއްޞަ ސްކޮލަރޝިޕްތަކަށް އިޢުލާނު ކުރާނީ ކޯސް ފެށުމުގެ ކުރިންނެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާނީ އެކަމަށް އެދި ހުށަހަޅާ ފޯމުންނެވެ. މިސްކޮލަރޝިޕް އަށް ހޮވާނީ ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނެވެ. ދަރިވަރުންނަށް ލިބޭ ޕޮއިންޓް އެއްވަރު ވެއްޖެނަމަ، ދަރިވަރަކު ހޮވާނީ އެދަރިވަރުންގެ މެދުގައި ގުރުއަތުލައިގެންނެވެ.
- ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ތިރީގައި މިވާ ލިންކުންނެވެ.
https://forms.gle/vWeauUg4RNFGzTdUA
- ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައެވެ.
- ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އެ ފޯމުގައި ބަޔާން ކުރެވިފައި ވާނެއެވެ.
- މިސްކޮލަރޝިޕަށް ހޮވާނީ ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނެވެ. ދަރިވަރުންގެ ނަތީޖާ ތަރުތީބު ކުރުމަށްފަހު، ލިބޭ މާރކްސް އެއްވަރު ވެއްޖެނަމަ ދާނީ ޤުރުއަތުލުމަކަށެވެ.
|
ސްކޮލަރޝިޕް ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚް
|
18 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: އީމެއިލް:[email protected]
|